Advertisement

މިސަރުކާރުގެ އެންމެ އިސް ތިން ބޭފުޅުން ---

15 Dec 2023
ޚަބަރު

ރައީސާއި ނައިބު ރައީސް މަޤާމުން އަޒުލު ކުރުން ފަސޭހަކޮށް މަޖިލީހުގެ ޤަވާއިދު ބަދަލުކޮށް ކޮމިޓީން ފާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބުމަޤާމުން އަޒުލުކުރުން ފަސޭހަވާނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ހުށައަޅާފައިވާ އިސްލާޙްތައް ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފިއެވެ.

ރައީސާއި ނައިބު ރައީސް މަޤާމުން ވަކިކުރުމާއި ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި އެކަށައަޅާފައިވާ އިޖުރާއަތްތަކަށް ބަދަލު ގެނައުމަށް ހުށައަޅުއްވާފައި ވަނީ، ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ޢަލީ އާޒިމްވެ.

އާއްމު ކޮމިޓީން ފާސްކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ، 41 ވަނަ ބާބުގައި ބަޔާންކޮށްފައިވާ މާއްދާތަކަށެވެ. މިގޮތުން މައިގަނޑުގޮތެއްގައި ގެނެސްފައިވާ ބަދަލުތަކަކީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރުމާއި ގުޅޭ އިޖުރާއަތްތައް ހިންގުމަށް ކަނޑައަޅާފައިވާ މުއްދަތު ކުރުކުރުމެވެ. އަދި މަޖިލީހުން އެފަދަ ވޯޓެއް ނަގާއިރު، މެމްބަރުންގެ އަދަދާއި ފާސްވުމަށް ބޭނުންވާ އަދަދާއި އަޣުލަބިއްޔަތު ކަނޑައެޅުމުގައި އެވަގުތަކު މަޖިލީހުގައި މެމްބަރުން ތިއްބެވި ޢަދަދުގެ މައްޗަށް ކަންކަން ތަރުތީބު ކުރުންވެސް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން މަޖިލީހުގެ ޤަވާއިދަށް ގެނައުމަށް ހުށައަޅާފައިވާ ބަދަލާއިއެކު، މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް، ދަތިކަމެއް ނެތި، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން އަޒުލްކުރުމުގެ ވޯޓު ފާސްކުރުމުގެ ފުރުޞަތު ލިބިގެން ދެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.