Advertisement

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ ނައިބު އަލްއުސްތާޛު ޙުސައިން މުހައްމަދު ލަޠީފް ---

25 Nov 2023
ޚަބަރު

ނައިބު ރައީސް ސެމްބެވެސް ރައީސް ޔާމީނާ ދެކޮޅަށް

ރައީސް ޔާމިނުގެ ވެރިކަމުގައި އެމަނިކުފާނާއި އެންމެ އަރިހުގައި އުޅުއްވި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ރައީސް ޔާމީނާއި ދެކޮޅުކަން ހާމަކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގައި، ޑރ. މުޙައްމަދު މުޢިއްޒުގެ ރަނިން މޭޓުގެ ގޮތުގައި ހުންނެވި، އަދި މިހާރުގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފް ކުރެއްވި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިވެރިކަމަކީ އެމަނިކުފާނުވެސް ހިމެނޭހެން، އެތައް ރައްޔިތުންގެ ބައިވެރިވުމާއި ބުރަ މަސައްކަތުން ގެނެވުނު ވެރިކަމެއް ކަމަށެވެ. އަދި މިވެރިކަމަކީ ރައްޔިތުންނަށް ލާބައާ މަންފާހުރި، ނަފާވެރި ވެރިކަމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެކު ސާބިތުވެ ހުންނާނެ ކަމުގެ ޔަޤިންކަން އަރުވާކަމުގައިވެސް ރައިީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމަށް އެންމެ ހަފްތާއެއް ފުރިހަމަވިއިރު، މިވެރިކަން ގެނައުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެއްވި ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ، ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ވަނީ ޕީޕިއެމްއިން ވަކިވެވަޑައިގެން ސަރުކާރާއި ފެއަށް ޖެހިވަޑައިގެންފައެވެ. ރައީސް ޔާމީން އަމިއްލަފުޅު އެހެން ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައި ވާއިރު، އެމަނިކުފާނުގެ ދިފާޢުގައި ކުރިން ނުކުތް ޕީޕީއެމްގެ އިސްސަފުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ސަރުކާރުގެ މަޤާމުތައް ލިބިވަޑައިގެންފައިވާ ހުރިހާ ބޭފުޅުން ގެންދަވަނީ، ރައީސް ޔާމީނާއި ދެކޮޅުކަން ހާމަކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.