ރައީސް ޑރ. މުއިއްޒުގެ ޒަޢާމަތް ފެށުން
ރައީސް ޑރ. މުއިއްޒުގެ ޒަޢާމަތް ފެށުން
25 Nov 2023
ޚަބަރު
ފާޑުކިޔުންތައް އަމާޒުވުމުން ފަހުމީ މަޤާމުން ވަކިކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މަތީ މަޤާމަކަށް ފަޙްމީ މި ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު، އައްޔަނުކުރެއްވުމާއި ގުޅިގެން އޭނާއަށާއި ސަރުކާރަށް ފާޑުކިޔުންތައް ވަނީ އަމާޒުވެގެން ގޮސްފައެވެ.
24 Nov 2023
ރިޕޯޓް
ހަފްތާ 14: ފުރަތަަމަ ހަފްތާ ނިމުނު އިރު ސަރުކާރު ޑިފެންސަށް ކުޅެންޖެހިފައި
ވެރިިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކުރުމަށް ކަނޑައަޅުއްވާފައިވާ ނުވާ އެއްކަމެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ވެރިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކާމިޔާބު ކުރައްވާފައެވެ. އެއީ ޕީއެންސީއާ ޕީޕިއެމްގެ ކޮންޓްރޯލް ހޯއްދަވައި ރައީސް ޔާމީން ޕާޓީ ދޫކޮށްލެއްވުމަށް މަޖުބޫރު ކުރެއްވުމެވެ.
23 Nov 2023
ޚަބަރު
ޕޮލިސް ބޯޑުގައި ތިއްބެވި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެމްބަރުން ބަދަލުކުރައްވައިފި
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި އެބޯޑަށް ޢައްޔަނުކުރައްވާފައިވާ މެމްބަރުން ވަކިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މިއަދު އައު ދެބޭފުޅުން އެބޯޑަށް ޢައްޔަނުކުރައްވާފައެވެ. އެ ދެބޭފުޅުންނަކީ، ތ. ހިރިލަންދޫ ގުލްފާމްގޭ އަހުމަދު ޝަރީފާއި، ހެންވޭރު ނޫމުތީ، ޢާއިޝަތު ނޫރާ މުޙައްމަދެވެ.
23 Nov 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޖޭއެސްސީއަށް ޢައްޔަނުކުރައްވާ މެމްބަރަކަށް ސަމީރު
އަލްއުސްތާޛު މުޙައްމަދު ސަމީރު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.
23 Nov 2023
ޚަބަރު
ޖޭއެސްސީއަށް އުޝާމް ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅުދެއްވައިފި
ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަލާއިރު، ބަންޑާރަ ނައިބަކީ، އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ސަރުކާރު ބަދަލުވުމަށްފަހުގައި، އައު ކެބިނެޓާއި އެކު ބަންޑާރަނައިބުގެ މަޤާމަށް އަޙްމަދު އުޝާމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޢައްޔަނުކުރައްވާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުގައެވެ. ޖޭއެސްސީގައި ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އެންމެ ފަހުން އިންނެވީ ނިމިދިޔަ ސަރުކާރުގެ ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތެވެ.
23 Nov 2023
ޚަބަރު
ސްޕެޝަލް އެންވޯއީ އާއި އިތުރު 11 ސްޓޭޓް މިނިސްޓަރުން އައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަގާމަށް، މއ. ނައިލޯނުގެ، ޢަލީ ޝަރީފް ޢައްޔަނުކުރައްވައި، ސަރުކާރުގެ މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ބައެއް ބޭފުޅުން ޢައްޔަނުކުރައްވައިފިއެވެ.
21 Nov 2023
ޚަބަރު
ފްލެޓް ލިސްޓު ރިވިއުކުރާނެކަމަށް ވިދާޅުވުމުން މިނިސްޓަރަށް ރުހުން ނުދޭން މީކާއިލް ގޮވާލައިފި
އާ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދަށް ރުހުން ދޭން ދެކޮޅު ހައްދަވައި އެ ގޮތަށްް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިދޭން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެދިވަޑައިގެންފިއެވެ. މީކާއިލް މިގޮތައް އެދިވަޑައިގަތީ ނިމިދިޔަ ސަރުކާރުގައި ފްލެޓް ދޭން ނިންމި ލިސްޓް ރިވިއުކުރާނެ ކަމަށް މިހާރުގެ ހައުސިން މިނިސްޓަރ ވިދާޅުވުމާ ގުޅިގެން މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.
20 Nov 2023
ޚަބަރު
ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމަށް ފޮނުވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޢައްޔަންކޮށްފައިވާ 22 ބޭފުޅުންގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް މިއަދު ފޮނުއްވާފައިވާކަމަށެވެ.
20 Nov 2023
ޚަބަރު
ފަތުރުވެރިކަން ކުރިއެރުވުމަށް ޚާއްސަ ކައުންސިލެއް އުފައްދައިފި
ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭ ޚާއްސަ ކައުންސިލެއް ވަޒީރުންގެ މަޖިލީހުގައި އުފައްދަވައިފިއެވެ. މި ކައުންސިލްގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
20 Nov 2023
ޚަބަރު
ވަޒީރުންގެ ގެކޮޅާއި ކާރުކޮޅުގައިވެސް ޤައުމީ ދިދަ ނަގާގޮތަށް ހަމަޖައްސަވައިފި
ސަރުކާރުގެ ވަޒީރުންގެ ގެކޮޅުތަކާއި ކާރުކޮޅުގައިވެސް ދިވެހި ޤައުމީ ދިދަ ނަގާފައި ބަހައްޓާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
19 Nov 2023
ޚަބަރު
ގައުމީ ޔުނިވާސިޓީގެ ޗާންސެލާއާއި އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިސްމަގާމުތަކަކަށް މިއަދު ބޭފުޅުން އައްޔަން ކުރައްވައިފިއެވެ. އެގޮތުން މިނިސްޓަރުންގެ ފެންވަރުގައި 2 ބޭފުޅަކު، ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި 3 ބޭފުޅަކު އަދި ގައުމީ ޔުނިވަރސިޓީގެ އިސް މަގާމުތަކަށްވެސް 3 ބޭފުޅަކު ވަނީ ޢައްޔަންކުރައްވާފައެވެ.
19 Nov 2023
ޚަބަރު
ސަރުކާރުން ހާމަކުރިގޮތުގައި ރާއްޖޭގައި ގާއިމްވެތިބީ އިންޑިއާ ސިފައިންގެ 77 މީހުން
މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ރާއްޖޭގައި ތިބި ސިފައިންގެ އަދަދު ހާމަކުރައްވައިފިއެވެ. އެގޮތުން ފިރުޒުލް ހާމަކުރެއްވި ގޮތުގައި ރާއްޖޭގައި ގާއިމްވެތިބީ އިންޑިއާގެ 77 ސިފައިންގެ މީހުންނެވެ.