Advertisement

މަޤާމުން ވަކިކުރެއްވި ފަޙްމީ --- ފޮޓޯ: ރައީސް އޮފީސް

25 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ފާޑުކިޔުންތައް އަމާޒުވުމުން ފަހުމީ މަޤާމުން ވަކިކޮށްފި

އެކުގައި މަސައްކަތްކުރި މުވައްޒަފަަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުތައް ކުރެވުނު، މުޙައްމަދު ފަޙްމީ ޙަސަން، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ޢައްޔަނު ކުރެއްވިތާ 4 ދުވަސްފަހުން އިއްޔެ އެމަޤާމުން ވަކިކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މަތީ މަޤާމަކަށް ފަޙްމީ މި ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އައްޔަނުކުރެއްވުމާއި ގުޅިގެން އޭނާއަށާއި ސަރުކާރަށް ފާޑުކިޔުންތައް ވަނީ އަމާޒުވެގެން ގޮސްފައެވެ. 

ފަޙްމީގެ މައްޗަށް ތަފާތު އެކި މައްސަލަތަކުގެ ތުހުމަތުތައް ކުރެވިފައިވާ އިރު، އޭނާގެ މައްޗަށް ކުރެވިފައިވާ އެންމެ ސީރިއަސް ތުހުމަތަކީ، އަންހެން މުވައްޒަފެއްގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލައި ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތެވެ. އެކަން ހިނގާފައި ވަނީ، ފަޙްމީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި އިރު، 2012 ވަނަ އަހަރުގައެވެ. އެ މައްސަަލަ ބަަލައި ރައްޔިތުންގެ މަޖިލީހުން، 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭނާ މަޤާމުން ވަކިކުރިއެވެ.

Advertisement

ފަޙްމީގެ މައްޗަށް ސީރިއަސް ތުޙުމަތުތަކެއް ކުރެވިފައި ވަނިކޮށް ރައީސް ޔާމީނުގެ ސަރުކާރުގައި 2015ވަނަ އަހަރު އޭނާއަށް މެލޭޝިއާ ސަފީރުކަންވެސް ވަނީ ދެއްވާފައެވެ. އޭގެ ކުރިން އޭނާ ހުންނެވީ ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅާފައިވާ ސަފީރުގެ ނައިބުކަމުގެ މަގާމުގައެވެ.

ފަހުމީއަށް މެލޭޝިއާ ސަފީރުކަން ދިނުމާއި ގުޅިގެންވެސް އޭރު ރައީސް ޔާމީނުގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް އެކަމާއި ގުޅިގެން ރައީސް ޔާމީނުގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Jul 2024
ޚަބަރު
ފުރަތަމަ ބުރުގައި އައިވީއެފް ހެދުމަށް އެހީއަށް އެދުނު 37 މީހެއް ޝަރުޠު ހަމަވާކަމުގައި އެންސްޕާއިން ވިދާޅުވެއްޖެ
އެންސްޕާއިން ވިދާޅުވީ، ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން 30 ޖުލައި 2024 ގެ ކުރިން ފަރުވާ ކުރިއަށްގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާގުޅޭގޮތުން އެ އެޖެންސީން އެފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.
02 Jul 2024
ޚަބަރު
ހަނގުރާމަމަތީ މަތިންދާބޯޓުތައް ރާއްޖެއަށް ޖެއްސީ ނަގަންޖެހޭ ހުއްދަތައް ނަގައިގެން: އެމްއެންްޑީއެފް
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި ވަނީ، ހަނގުރާމަމަތީ ހަތަރު މަތިންދާބޯޓާއި، އެ ބޯޓުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުގައި ދަތުރުކުރާ އަސްކަރީ އެހެން މަތިންދާބޯޓެވެ.
02 Jul 2024
ޚަބަރު
ސަމޯއާ އެގްރިމެންޓްގައި ހިމެނޭ އިސްލާމްދީނާ ފުށުއަރާ ކަންކަމަށް ރާއްޖެއިން ޢަމަލެއް ނުކުރާނެ: ސަރުކާރު
ހީނާ ވަލީދު މިހެން ވިދާޅުވީ، ސަމޯއާ އެގްރިމެންޓްގައި ރާއްޖެއިން ސޮއެކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއިއެކު އިއްޔެ އެ އެއްބަސްވުމުގައި ރާއްޖެއިން ސޮއެކުރުމާއި ގުޅިގެން ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދުދެއްވައި، އެކްސްގައި ލިޔުއްވި ޕޯސްޓުގައެވެ.
02 Jul 2024
ޚަބަރު
ޤާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރުމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވައިފި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރެއްވުމާއި ދެކޮޅަށް ޤާސިމް އިބްރާހީމް ވާހަކަފުޅު ދެއްކެވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި, ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވާފައިވާ، ޤަރާރުގެ އިބްތިދާއީ ބަހުސްގެ ވަގުތުގައި ދެއްކެވި ވާހަކަފުޅުގައެވެ.