Advertisement

ރައީސް ޑރ. މުޢިއްޒު އަދި ސްޓެލްކޯގެ އެމްޑީ ފަހުމީ

22 May 2025
ޚަބަރު

ސްޓެލްކޯއިން މިފަހަރު ވިދާލީ އުފެއްދުންތެރި ކަމުގެ މައުރަޒުން ކުންފުނިތަކުގެ ދާއިރާއިން 1 ވަނަ ހޯދައިގެން

ސްޓެލްކޯ އިން މި އެކްސްޕޯގައި ބައިވެރިވެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން 1 ވަނަ ހޯދައިފައިވަނީ ރިޖަނަލް ސްކާޑާ ނަމުން ނަންދެއްވިފައިވާ ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތްދޭ ރަށްތަކުގައި ކަރަންޓު އުފެއްދުމުގެ ކަންތައްތައް ބެލެހެއްޓުމަށް ތަރައްޤީކުރި ނިޒާމުންނެވެ. މި ނިޒާމުގެ ސަބަބުން މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދެވި މައްސަލަތައް ހައްލުކުރުމުގައި ހަރުދަނާކަމާއެކު މަސައްކަތްކުރެވޭނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއްނޫންކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތު ދީފައެވެ. ނޯޓިސްއަކާ ނުލައި ކަރަންޓް ކެނޑޭ ވަގުތު މަދުކުރެވި ކުރިމަގުގައި ބޭނުންވާނެ ކަރަންޓުގެ މިންވަރު ސައްހަކަމާއެކު ކަންކަން ތަރުތީބު ކުރެވިގެންދާނެކަމަށް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ. ސްޓެލްކޯގެ މިސްރާބު ޒަމާނީ ޓްކްނެލޮޖީއަށް މިސްރާބު ޖަހަމުންދާދިއުން މިއީ އާންމު ރައްޔިތުންގެ ހިތުގައި ސްޓްލެކޯއާއި ދޭތެރޭ ދެކޭގޮތް އިތުރަށް ޕޮސެޓިވްވެގެން ދާނެދިއުމެއް ކަމުގައި ބެލެވެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުންނެވެ. މަޢުރަޒުގައި 3600އަށްވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރާފައިވެއެވެ.

މިއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްސަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މަޢުރަޒެކެވެ. މި މަޢުރަޒު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 23 މެއި އިން ފެށިގެން 31 މޭގެ ނިޔަލަށެވެ. މި މަޢުރަޒު އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 8:30ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.