Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް __

29 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރުގެ 21 ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން ޢައްޔަނުކުރައްވައިފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ސަރުކާރުގެ 21 ކުންފުންޏަކަށް މެނޭޖިންގ ޑައިރެކްޓަރުން އައްޔަނުކޮށްފިއެވެ.

ޕީބީސީން ވަނީ އެބޯޑު އެކުލަވާލުމުގެ މަސައްކަތް ހޯމަ ދުވަހު ނިމުމާއި ގުޅިގެން، ކުންފުނިތަކަށް ސަރުކާރުން ޢައްޔަނުކުރުމަށްފޮނުވާފައިވާ ބޭފުޅުންގެ ކަންކަން ބަލައި ކުންފުނިތަކަށް އެބޭފުޅުން ޢައްޔަނު ކުރައްވަން ފައްޓަވާފައެވެ. މިގޮތުން، ކުންފުނިތަކަށް ޢައްޔަނުރެއްވުމަށް ސަރުކާރުން ފޮނުއްވާފައި ވަނީ، ތިން އަންހެން ބޭފުޅުންނާއި 19 ފިރިހެންބޭފުޅުންގެ ނަމެވެ.

ކުންފުނިތަކަށް ޢައްޔަނު ކުރެއްވި 3 އަންހެން ބޭފުޅުންނަކީ، ޕަސްބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑައިރެކްޓަރ ގެ މަޤާމަށް އައްޔަނުކުރެއްވި ޒީނާ ޒާހިރާއި، އާސަންދަ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރުގެ ކަމުގެ މަޤާމަށް އައްޔަނުކުރެއްވި އައިމިނަތު ޒީނިޔާއާއި، މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމަށް ޢައްޔަނުކުރެއްވި، ހައްވާ ޝިއުނާ ޚާލިދެވެ.

މީގެ އިތުރުން ކުންފުނިތަކަށް އައްޔަނު ކުރެއްވި ބޭފުޅުންނަކީ، 

އެމްޑަބްލިޔުއެސްސީ - އަބްދުލް މަތީން މުހައްމަދު

އެމްޓީސީސީ - އަބްދުﷲ ޒިޔާދު

ސްޓެލްކޯ - ހުސައިން ފަހުމީ

އާބަންކޯ - އިބްރާހިމް ފަޒުލް ރަޝީދު

އެމްއޭސީއެލް - އިބްރާހިމް ޝަރީފް

އެމްޕީއެލް - މުހައްމަދު ވަޖީހު އިބްރާހިމް

އެސްޓީއޯ - ޝިމާދު އިބްރާހިމް

އައިލެންޑް އޭވިއޭޝަން - އިބްރާހިމް އިޔާސް

ވެމްކޯ - މުޖުތަބާ ޖަލީލު

ފަހި ދިރިއުޅުން ކޯޕަރޭޝަން - ހަމްދާން ޝަކީލް

ހައްޖު ކޯޕަރޭޝަން - މުހައްމަދު ޝަކީލް

ޓްރޭޑްނެޓް - ސައީދާ އުމަރު

އާރުޑީސީ - ބްރިގޭޑިއާ ޖެނެރަލް (ރޓ) އަލީ ޒުހައިރު

ފެނަކަ - މުއާޒު މުހައްމަދު ރަޝީދު

ރީޖަނަލް އެއާޕޯޓްސް - އަހުމަދު މުބީން

އެމްއެފްއެމްސީ - އަހުމަދު ނާޒިމް

އެމްޓީޑީސީ - އަހުމަދު ނިޔާޒު

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.