Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

26 Nov 2023
ޚަބަރު
ނޫން

ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން މަޝްވަރާކޮށްފި

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީން މަޝްވަރާ ކޮށްފިއެވެ.

މި ސަރުކާރުގެ ކެބިނެޓުގެ 5 މިނިސްޓަރަކަށް ރުހުން ނުދޭން އެމްޑީޕީން ވަނީ މަޝްވަރާ ކޮށްފައެވެ. އޭގެ ތެރެއިން 2 މިނިސްޓަރަކަށް ރުހުން ނުދިނުމަށް ޕީޖީ ގްރޫޕް އިއްތިފާގުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެއީ ކޮން މިނިސްޓަރުންނެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގައި 22 ވަޒީރުން ތިއްބަވައެވެ. އެ ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ ގައެވެ. 

އެމްޑީޕީން ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަށް ބަދަލުތަކެއް ގެނައުމަށްވެސް މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީ އަަށް ހުށަހަޅަން ފެންނަ ބަދަލުތަކުގެ ތެރޭގައި ރައީސް މުއިއްޒު އެދިވަޑައިގެން ފުށި ދިއްގަރު ހިއްކުމަށް ހިމަނާފައިވާ 400 މިލިއަން ރުފިޔާ ސަރުކާރުގެ އެހެނިހެން ހައުސިން މަޝްރޫއުތަކަށް އެލޮކޭޓުކުރުން ހިމެނެއެވެ.

މަޖިލީހުގައި އެމްޑީޕީގެ 55 ގެ މެމްބަރުން ތިއްބަވައެވެ. އެއީ މަޖިލީހުގެ މެޖޯރިޓީ ކަމަށް ވާތީ ވަޒީރަކަށް ރުހުން ނުދޭން ފާސްކުރުމުގެ ބާރު އެޕާޓީއަށް އެބައޮތެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.