ރައީސް ޑރ. މުއިއްޒުގެ ޒަޢާމަތް ފެށުން
18 Nov 2023
ޚަބަރު
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދިނުމަށް އެ ޤައުމުގައި އެދިއްޖެ
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފިއެވެ. މިކަމަށް އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާގެ މިނިސްޓރަ އޮފް އަރތް ސައިންސެސް، މިސްޓަރ ކިރެން ރިޖިޖޫ އާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
18 Nov 2023
ޚަބަރު
ތިނަދޫ އިސްލާމީ މަރުކަޒު އައިޔޫއެމްގެ ދަށައް ބަދަލުކުރަނީ
ގދ. ތިނަދޫ އިސްލާމީ މަރުކަޒު، އިސްލާމިކް ޔުނިވާސިޓީގެ ދަށަށް ބަދަލުކުރަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ނިންމަވައިފިއެވެ. މިއީ އައު ސަރުކާރުގެ އިސްލާމިކް މިނިސްޓަރުގެ މަގާމާ ހަވާލުވުމަށް ފަހު ޝަހީމްގެ އެންމެ ފުރަތަމަ ނިންމެވުމެވެ.
18 Nov 2023
ޚަބަރު
އިންޑިއާއާއި އެކު ގުޅިގެން މަސައްކަތް ކުރަން ރާއްޖެއިން ތައްޔާރު: ފޮރިން މިނިސްޓަރ ޒަމީރު
އިންޑިއާއާއި އެކުވެސް ގުޅިގެން މަސައްކަތް ކުރަން ދިވެހިރާއްޖޭން ތައްޔާރުކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓަރަކަށް ޢައްޔަނުކުރެއްވި މޫސާ ޒަމީރަށް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރ ވަނީ މަރުޙަބާ ދަންނަވާފައެވެ.
18 Nov 2023
ޚަބަރު
މުލިއާގޭގެ މަރާމާތު ނިމެންދެން ރައީސް ދިރިއުޅުއްވާނީ ދިމްޔާތުގައި
ރިޔާސީ ގަނޑުވަރު މަރާމާތުކޮށް ނިމެންދެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިރިއުޅުއްވާނީ އަމިއްލަ ގެކޮޅުގައިކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
18 Nov 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތުރުކިޔޭގެ ޓޫރިޒަމް މިނިސްޓަރ އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
މިބައްދަލުކުރެއްވުމުގައި، ތުރުކިޔޭގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް، މެހްމަތް ނޫރީ އާސޯއި ވަނީ، ރިޔާސީ އިންތިޚާބުގައި، ހޯއްދެވި ކާމިޔާބިއަށާއި، އަދި މަޤާމުގެ ހުވާކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް ތަޙްނިޔާ ދަންނަވާފައެވެ.
18 Nov 2023
ޚަބަރު
ރައީސް ޑރ. މުއިއްޒު ލަންކާގެ ރައީސާއި ބައްދަލުކުރައްވައިފި
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ހުވައިކުރުމުގެ ރަސްމިއްޔާތަށް ދެއްވި ދަޢުވަތު ޤަބޫލުފުޅު ކުރައްވައި ވަޑައިގެންދެއްވީތީ އެކަމަށް، ސްރީލަންކާގެ ރައީސަށް ޝުކުރު ދަންނަވާފައެވެ. އަދި އެމަނިކުފާނު ރާއްޖެވަޑައިގެންނެވުމަކީ ދެޤައުމުގެ ގުޅުން ދައްކުވައިދޭ ކަމެއް ކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
18 Nov 2023
ޚަބަރު
ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރުގެ އިއްޒަތްތެރިންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖާފަތެއް ދެއްވައިފި
މިޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދާއި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ކުރިން ފުރުއްވާފައިވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ބޭރު ޤައުމުތަކުގެ ބައެއް ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
17 Nov 2023
ޚަބަރު
ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢައްޔަންކުރައްވައިފި
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއް ރަހީމް އައްޔަންކުރައްވައި ރައީސް ޑރ.މުހައްމަދު މުއިއްޒު އޭނާއަށް މަގާމުގެ ފަތްކޮޅު ދެއްވީ, ވަޒީރުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްމަޤާމުތަކަށް ބޭފުޅުން ޢައްޔަނުކުރެއްވުމަށްޓަކައި މިރޭ އިރާކޮޅު އެއޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
17 Nov 2023
ޚަބަރު
ބަންޑާރަ ނައިބުގެ މަޤާމަށް އުޝާމް ޢައްޔަނު ކުރައްވައިފި
އަހުމަދު އުޝާމް އެންމެފަހުން ހުންނެވީ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު ކަމުގެ މަޤާމުގައެވެ.
17 Nov 2023
ޚަބަރު
ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަނުކުރެއްވުމާއިއެކު ރައްޔިތުންގެ މަޖިލީހުގެ 6 ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ
މިގޮތުން އައު ސަރުކާރާއި އެކު ރައްޔިތުންގެ މަޖިލީހުގެ 6 ދާއިރާއެއްގެ ގޮނޑި ވަނީ ހުސްވެފައެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާގެ ގޮނޑިވެސް ހިމެނެއެވެ. އެގޮނޑި ހުސްވީ، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އިންތިޚާބުވެވަޑައިގެން އެމަޤާމުގެ ހުވައިކުރެއްވުމަށް މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.
17 Nov 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް މަޤާމްތަަކަށް ބޭފުޅުން ޢައްޔަނުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ، މިރޭ 8:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
17 Nov 2023
ޚަބަރު
އައު ސަރުކާރަށް 22 މިނިސްޓަރެއް އައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓް މިނިސްޓަރުން އައްޔަން ކުރައްވައި، އެ ބޭފުޅުން ހުވާކުރައްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ މިރޭ ރައީސް އޮފީހުގައެވެ. ހުވާލައިދެއްވަނީ އުއްތަމަފަނޑިޔާރު ޑރ. މުއުތަސިމް އަދުނާނެވެ.
17 Nov 2023
ޚަބަރު
ރައީސް ޞާލިޙް، ޑރ. މުޢިއްޒުއަށް މަރުޙަބާ ވިދާޅުވެއްޖެ
ކުރީގެ ރައީސް ޞާލިޙް ވިދާޅުވީ، ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އިޚްލާޞްތެރި މަރުޙަބާ ދަންނަވާކަމަށާއި، އަދި، ވެރިކަމުގެ މި ފެށޭ ދައުރުގައި އެމަނިކުފާނަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ.
17 Nov 2023
ޚަބަރު
ރާއްޖެއަށް ދެމެހެއްޓެނިވި ޢަދުލުވެރި ތަރައްޤީގެ ނިޒާމެއް ބޭނުންވޭ: ރައީސް
މިގޮތުން، ސަރަހައްދީ ތަރައްޤީ ނުވަތަ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތަރައްޤީއާއި ރަށްވެހިކަމުގެ މަންފާ ބެހެވިގެންދާ ގޮތަށް އެކަށައެޅޭ ޒަމާނީ މަފުހޫމެއްގެ ތެރެއިން، އެކަމަށްޓަކައި މެދުރާސްތާގެ އަމާޒުތަކަކާއި، ދުރު ރާސްތާގެ އަމާޒުތަކެއް ކަނޑައެޅިގެންދާނެ ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.
17 Nov 2023
ޚަބަރު
އައު ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން މަޖިލީހުގެ ރައީސް އަރުވައިފި
އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ، ޑރ، މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މަޤާމުގެ ހުވާކުރެއްވުމަށް މިއަދު ހަވީރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
17 Nov 2023
ޚަބަރު
ރާއްޖެއަކީ ބޭރުގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނަން: ރައީސް ޑރ. މުއިއްޒު
ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނެކަމަށާއި، ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން، ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައެވެ.