Advertisement

މި ސަރުކާރުގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު

18 Nov 2023
ޚަބަރު

އިންޑިއާއާއި އެކު ގުޅިގެން މަސައްކަތް ކުރަން ރާއްޖެއިން ތައްޔާރު: ފޮރިން މިނިސްޓަރ ޒަމީރު

އިންޑިއާއާއި އެކުވެސް ގުޅިގެން މަސައްކަތް ކުރަން ދިވެހިރާއްޖޭން ތައްޔާރުކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓަރަކަށް ޢައްޔަނުކުރެއްވި މޫސާ ޒަމީރަށް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރ ވަނީ މަރުޙަބާ ދަންނަވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައު ސަރުކާރާއެކު އިންޑިއާއި ރާއްޖެއާއި ދެމެދު އޮތް ޚާއްސަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝަޢުގުވެރިކަން ފާޅުކުރެއްވިއެވެ.

މި ޕޯސްޓަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާގެ މަސްލަހަތާއި، ކަންބޮޑުވާ ކަންކަމުގައި، އެކީގައި މަސައްކަތްކުރައްވަން އުއްމީދުކުރައްވާކަމަށެވެ. އަދި ދެޤައުމުގެ ރައްޔިތުންގެ ކުރިއެރުމަށްޓަކައި، ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ ގާތްގުޅުން ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

އިންޑިއާއާ އެކު ގުޅުން ބަދަހިކުރާނީ ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތު އިސްވާ ގޮތަށް ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި އިރު، މި ސަރުކާރުން ވެރިކަމަށް އައީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށް ބުނަމުންނެވެ.

މި ސަރުކާރުގެ ފޮރިން ޕޮލިސީއަކަށް ވާނީ 'ޕްރޯ މޯލްޑިވްސް' ސިޔާސަތެއް ކަމަށް ކެމްޕޭނުގެ ތެރޭގައި ވެސް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން އިއުލާނުކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ވެސް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް ފެށުން ހިމަނާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.