ފޮރިން ރިލޭޝަންސް
ފޮރިން ރިލޭޝަންސް
28 Nov 2023
ޚަބަރު
ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ދެވެން އޮތް ހުރިހައި ލުއެއް ހޯދަދޭނަން: ރައީސް
ތުރުކީވިލާތުގައި ދިރިއުޅޭ ދިވެހިންނަށް ދެވެން އޮތް ހުރިހާ ލުއި ފަސޭހައެއް ހޯދައިދެއްވަން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތުރުކީވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްޞަ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
18 Nov 2023
ޚަބަރު
އިންޑިއާއާއި އެކު ގުޅިގެން މަސައްކަތް ކުރަން ރާއްޖެއިން ތައްޔާރު: ފޮރިން މިނިސްޓަރ ޒަމީރު
އިންޑިއާއާއި އެކުވެސް ގުޅިގެން މަސައްކަތް ކުރަން ދިވެހިރާއްޖޭން ތައްޔާރުކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓަރަކަށް ޢައްޔަނުކުރެއްވި މޫސާ ޒަމީރަށް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރ ވަނީ މަރުޙަބާ ދަންނަވާފައެވެ.
13 Nov 2023
ޚަބަރު
ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ދެބޭފުޅަކަށް ދެއްވައިފި
ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ފުރަތަމަ ފަހަރަށް ލިބިވަޑައިގެންނެވި ދެބޭފުޅުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ކަމުގެ މަޤާމުގައި ހުންނެވި ގަލޮޅު އުތުރުގޭ އަޙްމަދު ޚަލީލާއި، ފޮރިން ސެކްރެޓެރީ ކަމުގެ މަޤާމުގައި ހުންނެވި ހެންވޭރު ސީވީޑް އަޙްމަދު ލަޠީފެވެ.
12 Nov 2023
ޚަބަރު
ޚާރިޖީ ދާއިރާގައި ދިގު މުއްދަތަކަށް ޙިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސް ޙާއްސަ ޝަރަފެއް އަރުވަނީ
ރާއްޖޭގެ ޚާރިޖީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ 2 ބޭފުޅަކަށް ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
11 Nov 2023
ޚަބަރު
ބޭރުގެ އެންބަސީތަކުގައި ތިބި 61 މުވައްޒަފުން ރާއްޖެ އައުމަށް އެދެފި
ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލާ މިޝަންތަކުގައި ވަޒީފާއަދާކުރަމުންދާ ބައެއް މުވައްޒަފުން އެނބުރި ރާއްޖެ އައުމަށް ފޮރިން މިނިސްޓްރީން އަންގައިފިއެވެ. މިގޮތަށް އަންގަވާފައިވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އެދިލެއްވުމަށް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
15 Oct 2023
ޚަބަރު
ސައުދީން ރާއްޖެއަށް 2.3 ބިލިއަން ރުފިޔާގެ އެހީ ދޭން މަޝްވަރާކޮށްފި
ސަޢުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް 2.3 ބިލިއަން ރުފިޔާގެ އެހީއެއް ދިނުމަށް މަޝްވަރާކޮށްފިއެވެ. ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 17 މާރިޗު 1981 ގައެވެ.
15 Oct 2023
ޚަބަރު
އުންމީދަކީ ހަފްތާއެއްގެ ތެރޭގައި އިންޑިއާ ސިފައިންގެ މައްސަލަ ހައްލުކުރުން: މުއިއްޒު
އުންމީދަކީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިންޑިއާ ސިފައިންގެ މައްސަލަ ހައްލުކުރެވުންކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އަލްޖަޒީރާއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
11 Oct 2023
ޚަބަރު
ޕާކިސްތާނަށް ކަނޑައަޅާ ސަފީރަކަށް ނަޖީހާ، ރުހުން ހޯދަން ފޮނުވައިފި
ދިވެހި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާ އައު ސަފީރަކަށް ހ.ސެލީނާ، ޚަދީޖާ ނަޖީޙާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ. ނަޖީޙާއަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވާފައިވަނީ އިއްޔެއެވެ.
10 Oct 2023
ޚަބަރު
ޔޫއޭއީ އަދި ބަނގްލަދޭޝްއަށް ސަފީރުން އައްޔަންކުރަން ރުހުން ހޯދަން ހުށައަޅައިފި
ދިވެހިރާއްޖެ އިން އެކުވެރި އަރަބި އިމާރާތާއި ބަންގްލަދޭޝަށް ކަނޑައަޅުއްވާ ސަފީރުން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށައަޅައިފިއެވެ.