Advertisement

ފޮރިން މިނިސްޓްރީ. ފޮޓޯ: ސޯޝަލް މީޑިއާ

11 Nov 2023
ޚަބަރު

ބޭރުގެ އެންބަސީތަކުގައި ތިބި 61 މުވައްޒަފުން ރާއްޖެ އައުމަށް އެދެފި

ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލާ މިޝަންތަކުގައި ވަޒީފާއަދާކުރަމުންދާ ބައެއް މުވައްޒަފުން އެނބުރި ރާއްޖެ އައުމަށް ފޮރިން މިނިސްޓްރީން އަންގައިފިއެވެ. މިގޮތަށް އަންގަވާފައިވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އެދިލެއްވުމަށް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭން ބޭރުގެ ދިވެހި އެމްބަސީތަކުގައި ސިޔާސީ މަގާމުތައް އަދާކުރައްވާ ބޭފުޅުން ރާއްޖެ އައުމަށް އަންގާފައިވަނީ މި މަހުގެ 18ގެ ކުރިންނެވެ. 

މިނިސްޓްރީން ބުނި ގޮތުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި 61 ބޭފުޅަކަށް މިހާރު ވަނީ އެ ދުވަހުގެ ކުރިން ރާއްޖެ ވަޑައިގަތުމަށް ދަންނަވައިފައެވެ.

މަޢުލޫމާތު ލިބޭގޮތުގައި މީގެތެރޭގައި ގިނައިން ހިމެނެނީ މިޝަންތަކުގައި މަސައްކަތްކުރައްވާ ސިޔާސީ މުވައްޒަފުންނެވެ.

އަންނަ ހުކުރު ދުވަހު ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވާ ޑރ. މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.