Advertisement

މުއިއްޒު އަލްޖަޒީރާއަށް ދެއްވި އިންޓަވިއުގެ ތެރެއިން

15 Oct 2023
ޚަބަރު

އުންމީދަކީ ހަފްތާއެއްގެ ތެރޭގައި އިންޑިއާ ސިފައިންގެ މައްސަލަ ހައްލުކުރުން: މުއިއްޒު

އުންމީދަކީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި  އިންޑިއާ ސިފައިންގެ މައްސަލަ ހައްލުކުރެވުންކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އަލްޖަޒީރާއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބުމަށް ދިވެހިން ނޭދޭކަމަށެވެ. އަދި މިހާރު އޮތް ސަރުކާރަށް ދެވަނަ ދައުރެއް ދިނުމަށް، ރައްޔިތުން ބޭނުން ނުވި އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެއީކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން ވީ އެންމެ އަވަހަކަށް އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް، އެ ޤައުމުގެ ސަރުކާރާއިއެކު، ވާހަކަދައްކަވާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލާނީ ކޮންއިރަކުންތޯ އަލްޖަޒީރާގެ ޕްރެޒެންޓަރު ސާމި ޒެއިދަން ސުވާލު ކުރެއްވުމުން، ޑރ. މުޢިއްޒު ވިދާޅުވީ ހުވާ ކުރާތާ އެންމެ ފުރަތަމަ ދުވަހު އިންޑިއާ ސިފައިން ފޮނުވާލުމަށް، އެ ޤައުމުގެ ސަރުކާރުން އެދިވަޑައިގަންނަވާނެކަމަށެވެ. އަދި އުންމީދަކީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މައްސަލަ ޙައްލުކުރެއްވުންކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

އިންޑިއާގެ ހައި ކޮމިޝަނަރ މުނޫ މަހާވަރާއި ބައްދަލުކުރައްވައި، އިންޑިއާ ސިފައިން ރާއްޖޭގައި ތިބި މައްސަލައާއި ގުޅޭގޮތުން ވާހަކަފުޅުދެއްކެވިކަން ފާހަގަކުރައްވަމުން ޑރ. މުޢިއްޒު ވިދާޅުވީ އެ މައްސަލައަށް ހައްލު ހޯދައިދިނުމުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން، ހައި ކޮމިޝަނަރވެސް ދެއްވާފައިވާކަމަށެވެ. އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލިނަމަވެސް އެޤައުމާއެކު ރާއްޖެއިން ދަމަހައްޓަމުން އައި ޒަމާންވީ ގުޅުމަށް ބުރުލެއް ނާންނާނެކަމުގެ ޔަޤީންކަން އޮތްކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"ރާއްޖެއަކީ އަބަދުވެސް ވަރަށް އަމާން ޤައުމެއް. އަދި (މިނިވަންވި ފަހުން) އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބެފައިނުވޭ. އަޅުގަނޑުމެންނަކީ ވަރަށް ކުޑަ ޤައުމެއް. އެހާ ބޮޑު ސިފައިންގެ ޚިދުމަތެއް ރާއްޖެއަކު ނެތް. އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭ ނަމަ، އަޅުގަނޑުމެންނަށް މިނިވަންކަމާއި، އިސްތިޤުލާލު ގެއްލިދާނެކަމުގެ އިޙްސާސް ކުރެވޭ." އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.  

އިންތިޚާބީ ރައީސް ވަނީ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާ އިން ދޭ އެހީތެރިކަން ބަލައިގަންނަކަމަށްވެސް ވިދާޅުވެފައެވެ. ރާއްޖޭގައި އިންވެސްޓްމަންޓް އިތުރުކުރުމަށާއި، ވިޔަފާރީގެ މުއާމަލާތްތަކަށް އިންޑިއާއިން ޝަޢުގުވެރިވާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.