Advertisement

އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުގައި ބަލިމީހަކު މާލެ ގެނައުން --

15 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާ ސިފައިން ބޭލުމާ ގުޅޭ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުން އޮންނާނީ އިންޑިއާގައި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާއި ގުޅޭ ގޮތުން ދެޤައުމުގެ އިސްބޭފުޅުން ހިމެނޭ ގޮތުން އެކުލަވާލާފައިވާ، މަތީފެންވަރުގެ ކޮމިޓީގެ ދެވަނަ ބައްދަލުވުން އޮންނާނީ އިންޑިއާގައި ކަމުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.

ދެޤައުމުގެ އިސް ބޭފުޅުން ހިމަނައިގެ އެކުލަވާލާފައިވާ މަތީފެންވަރުގެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވާފައި ވަނީ، ރާއްޖޭގެ ފޮރިން މިނިސްޓްރީގައެވެ. މި މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުން ބާއްވާނީ އިންޑިއާގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވީ ނަމަވެސް، ފުރަތަމަ ބައްދަލުވުމަށްފަހުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި އެވާހަކަ ހިމަނާފައެއް ނުވެއެވެ.

މީގެ އިތުރުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި، ރާއްޖެއަށް އިންޑިއާއިން ހަދިޔާކޮށް އިންޑިއާ ސިފައިން ތިބެގެން ދުއްވަމުންދާ، ޑޯނިއަރ ފްލައިޓާއި ދެ ހެލިކޮޕްޓަރުގެ އޮޕަރޭޝަންސްތައް ނުހުއްޓޭނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައިވެއެވެ. އެހެން ނަމަވެސް ދެޤައުމުގެ މެދުގައި ހުރި މައްސަލަތައް ހައްލުކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަން ފިޔަވައި ރާއްޖޭގެ ފޮރިން މިނިސްޓްރީ އިތުރުކަމެއް ފާހަގަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުން އިންޑިއާއަށް ހުށައަޅާފައި ވަނީ މާރިޗު މަހުގެ 15ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކަމަށް ވުމާއިއެކު އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ ކަންކަން އަވަސްކުރުމަށް އިންޑިއާއިން ވަނީ އެބަސްވެފައި ކަމުގައި ރާއްޖޭގެ ފޮރިން މިނިސްްޓްރީ ފާހަގަކޮށްފައެވެ.

ރާއްޖެއަށް އިންޑިއާއިން ދެ ހެލިކޮޕްޓަރާއި، ޑޯނިއާ މަތިންދާބޯޓެއް ހަދިޔާކޮށްފައި ވާއިރު، އެއުޅަނދުތައް ދުއްވަން ތިބެނީ އިންޑިއާގެ ވައިގެ އަސްކަރިއްޔާގައި ހިމެނޭ އިންޑިއާގެ ސިފައިންނެވެ. އަދި ރާއްޖޭގައި ތިބޭ އެސިފައިންގެ ޚަރަދުތައް ބަލަހައްޓަނީ ދިވެހި ސަރުކާރުންކަންވެސް އެނގިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.