Advertisement

މާލޭގެ މަލަ --

02 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާ އިން އެއްބަސްވީ މެއި 10 ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިޔުމަށް: ޚާރިޖިއްޔާ

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުން އުފައްދާފައިވާ، "ހައި ލެވެލް ކޯ ގްރޫޕް" ގެ ދެވަނަ ބައްދަލުވުމުގައި އިންޑިއާ އާއި ރާއްޖެއިން އެއްބަސްވީ، މެއި 10 ގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ބޭލުމަށް ކަމުގައި، ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެއްޖެއެވެ.

"ހައި ލެވެލް ކޯ ގްރޫޕް" ގެ ދެވަނަ ބައްދަލުވުން ބާއްވާފައި ވަނީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިއަދުއެވެ.

ދިވެހި ޚާރިޖިއްޔާއިން ވިދާޅުވީ، "ހައި ލެވެލް ކޯ ގްރޫޕް" ގެ ދެވަނަ ބައްދަލުވުމުގައި،  ދިފާޢީ އަދި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިޤްތިޞާދީ އަދި ތަރައްޤީގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވެސް މަޝްވަރާތައް ކުރެވުނު ކަމަށެވެ.

މިބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކަށް ވެފައި އޮތީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުން ކަމަށް ވާއިރު، ޚާރިޖިއްޔާއިން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ، ދެޤައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވެވިފައި ވަނީ، ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމްވެފައި ތިބި ތިން އޭވިއޭޝަން ޕްލެޓް ފޯމުގެ ތެރެއިން އެއް ޕްލެޓްފޯމްގައި ތިބި ސިފައިން މާރިޗު 10 ގެ ކުރިން އިންޑިއާއަށް ގެންދިއުމަށާއި، އަދި މެއި 10ގެ ކުރިން އަނެއް ދެ ޕްލެޓްފޯމްގައި ތިބި އިންޑިއާގެ ސިފައިންވެސް އަނބުރާ ގެންދިޔުމަށެވެ. އެނގިފައިވާ ގޮތުގައި އިންޑިއާއިން ހުށައަޅާފައި ވަނީ، އިންޑިއާގެ ސިފައިންގެ ބަދަލުގައި، އިންޑިއާގެ މަދަނީން ބަދަލުގައި ބޭއްތިއްބުމަށެވެ.

އަދި ރާއްޖެއަށް އިންޑިއާއިން ހަދިޔާކޮށްފައިވާ، ދެ ހެލިކޮޕްޓަރާއި، ޑޯނިއާ ފްލައިޓް ދުއްވުމަށް އިންޑިއާގެ ސިފައިންކަމުގައި ނުހިމެނޭ އިންޑިއާ މީހުން ބޭތިއްބުމަށްވެސް އިންޑިއާއިން ވަނީ ހުށައަޅާފައި ކަމަށާއި އެގޮތަށް ދިވެހި ސަރުކާރުން އެއްބަސްވާކަމަށްވެސް އެނގިފައިވެއެވެ.

ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، "ހައި ލެވެލް ކޯ ގްރޫޕް" ގެ ތިންވަނަ ބައްދަލުވުން ބާއްވާނީ، މި ފެބުރުއަރީ މަހުގެ ފަހު ހަފްތާގައި މާލޭގައި ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.