Advertisement

އަޒާން އިންޑިއާހެ ޚާރިޖީ ވަޒީރާއި ސަލާމް ކުރައްވަނީ ---

11 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ސިޔާދަތީ ރަތް ރޮނގަށް ހުރަސް ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް މި ސަރުކާރުން ނުދޭނެ: އަޒާން

ދިވެހި ރައްޔިތުންގެ މިނިވަންކަމާ, ސިޔާދަތީ ރަތް ރޮނގަށް ހުރަސް ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް މި ސަރުކާރުން ނުދޭނެ ކަމުގައި ވިދާޅުވެ، އިންޑިއާ އާއި ދެކޮޅަށް ކުރިން ހިންގި ހަރަކާތްތަކާއި ދެއްކި ވާހަކަތަކަށް އަމާޒުކުރެވުނު ފާޑި ކިޔުންތަކަށް، އައްޑޫ ހިތަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ފުރުއްވަމުން ގެންދަވާ އަހްމަދު އަޒާން މަރުޒޫޤު ރައްދު ދެއްވައިފިއެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕޭނުގެ ތެރޭގައި، އިންޑިއާ އާއި ދިވެހިރާއްޖެއާއި މެދު އޮތް ގާތް ގުޅުންތައް ކިލަނބުވާގޮތަށް ހިންގި އިންޑިއާއައުޓް ކެމްޕޭނުގައި ބައިވެރިވެ، ގިނަ ވާހަކަތަކެއް މީޑިއާގައި ފެތުރުއްވެވި އަޒާން މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރައީސް ޑރ.މުއިއްޒުގެ ޚާރިޖީ ސިޔާސަތަކީ ދިވެހި ޤައުމުގެ އެންމެ މަތީ މަސްލަހަތު އިސްކޮށް އެކި ޤައުމުތަކާ ގުޅުން ބޭއްވުން ކަމަށެވެ. 

މީގެ އިތުރުން އޭނާ ވިދާޅުވީ، ދިވެހި ރައްޔިތުންގެ މިނިވަންކަމާ, ސިޔާދަތީ ރަތް ރޮނގަށް ހުރަސް ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް މި ސަރުކާރުން ނުދޭނެ ކަމަށެވެ. އެހެން ނަމަވެސް އެ ރަތް ރޮނގަކީ ކޮބައިކަމެއް އަޒާން ވިދާޅެއް ނުވެއެވެ.

އިންޑިއާގެ ސިފައިންގެ މައްސަލަ އާއި ގުޅޭ ގޮތުން އަޒާން ވިދާޅުވީ، މިސަރުކާރުން ވަނީ ރާއްޖެއިން އިންޑިއާ ސިފައިން ބާލާފައި ކަމަށެވެ. އަދި ރާއްޖެއިން އިންޑިއާ ސިފައިން ބާލައިފި ނަމަ ހަނޑު ހަކުރުފުށް ނުލިބިދާނެ ކަމަށް ބުނެ ކުރީ ސަރުކާރުގެ އިސްވެރިން ވާހަކަ ދެއްކެވި ކަމުގައިވެސް އަޒާންގެ ޕޯސްޓުގައި ފާހަގަކުރައްވާފައި ވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އަވަށްޓެރި ގައުމުތަކާއި އަދި ދުރު ގައުމުތަކާއި އެކުވެސް ރާއްޖެއިން ގުޅުންތައް ދަމަހައްޓާނެ ކަމަށާއި އެކަމަކު އެކަން ކުރާނީ ރާއްޖޭގެ ކަނޑުފަޅުގެ ސިއްރުތައް ވިއްކާނުލާ، ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ގައުމުގެ ސިފައިން ބައިތިއްބައިގެންނެއް ނޫން ކަމަށެވެ.

ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލަށް ގެއްލުންވާގޮތަށް ހުރި ބައެއް އެއްބަސްވުންތައް ބާތިލްކޮށް ދެން ހުރި އެއްބަސްވުން ތައް މުރާޖާއާ ކުރުމުގެ މަޝްވަރާތައްވެސް މިހާރުވަނީ ފަށާފައިކަމުގައި އަޒާން ވިދާޅުވި އިރު، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެމަސައްކަތް ކުރެއްވުމަށް އަޒާން މަސައްކަތް ކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާ އެކަން ހުއްޓުވައި އަޒާން ސައިޒްކޮށްލެއްވި ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މީޑިއާގައި ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ އިސްތިޤުލާލާއި ސިޔާދަތާއި މިނިވަންކަމަަށް އުނިކަން ލިބޭ ގޮތަށް އިންޑިއާ އާއި އެކު އެމްޑީޕީގެ ސަރުކާރުގައި ގުޅުންތައް ބަދަހިކުރަމުންދާކަމުގައި ބުނެ، އޭރު އިދިކޮޅުގައި ތިއްބަވައިގެން އަޒާންވެސް ހިމެނިވަޑައިގަންނަވާ ގޮތުން މިސަރުކާރުގައި މިހާރު ތިއްބެވި އިސްބޭފުޅުން ވަނީ އިންޑިއާ އައުޓްގެ ނަމުގައި ބޮޑު ކެމްޕޭނެއް ކުރިޔަށް ގެންގޮސްފައެވެ. އަދި ވެރިކަން ލިބުމާއި އެކު އެހަރަކާތް ހުއްޓާލައި އިންޑިއާއަށް ތަޢުރީފުކޮށް އިންޑިއާގެ ރުހުން ހޯދުމަށް މިސަރުކާރާއި ސަރުކާރުގެ އިސްވެރިން މަސައްކަތް ކުރައްވަމުން ގެންދަވާތީ، މިސަރުކާރާއި އިދިކޮޅު ޚިޔާލުގެ ފަރާތްތަކުން ވަނީ، އެކަމަށް ސޯޝަލް މީޑިއާގައި ފާޑުކިޔަން ފަށާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.