Advertisement

ޕާކިސްތާނު ސަފީރަކަށް އައްޔަންކުރުމަށް ހުށައެޅި ނަޖީހާ. ފޮޓޯ: ސޯޝަލް މީޑިއާ

11 Oct 2023
ޚަބަރު

ޕާކިސްތާނަށް ކަނޑައަޅާ ސަފީރަކަށް ނަޖީހާ، ރުހުން ހޯދަން ފޮނުވައިފި

ދިވެހި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާ އައު ސަފީރަކަށް ހ.ސެލީނާ، ޚަދީޖާ ނަޖީޙާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ. ނަޖީޙާއަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވާފައިވަނީ އިއްޔެއެވެ.

ޕާކިސްތާނުގެ ސަފީރަކަށް ނަޖީޙާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ފޮނުއްވި ސިޓީފުޅު މިއަދު މަޖިލީއަށް ވަނީ އިއްވާފައެވެ. ޚަދީޖާ ސަފީރުކަމަށް އައްޔަން ކުރެއްވުމުގެ މަސަކައްކަތް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.

ރާއްޖޭގެ ޚާރިޖީ ދާއިރާގައި 1999 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުންދާ ނަޖީޙާ ވަނީ ފޮރިން މިނިސްޓްރީގެ އެކި ވަޒީފާތަކާއި ބޭރުގެ އެކި ޤައުމުތަކުގައި ޚާރިޖީ ދާއިރާއާއި ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

ޕާކިސްތާނުގެ ސަފީރު ކަމަށް ޚަދީޖާ ނަޖީޙާ އައްޔަން ކުރަން ފޮނުވާފައިވާއިރު އިއްޔެވެސް ވަނީ ދެ ޤައުމަކަށް ސަފީރުން އައްޔަން ކުރުމަށް ފޮނުއްވާފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.