Advertisement

ފޮޓޯ: ފޮރިން މިނިސްޓްރީ

15 Jan 2024
ޚަބަރު

މޮންގޯލިއާއަށް ދަތުރުކުރާ ދިވެހިން މިހާރު ދުރާލާ ވިސާ ނަގާކަށް ނުޖެހޭނެ

ދިވެހިރާއްޖެއާއި މޮންގޯލިއާއާ ދެމެދު ވެފައިވާ ވިސާ ވެއިވަރ އެއްބަސްވުމުގެ ދަށުން، ދުރާލާ ވިސާ ނެގުމަކާއި ނުލައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. އެގޮތުން ދުރާލާ ވިސާ ނެގުމަކާއި ނުލައި މިމަހު 12އިން ފެށިގެން ދިވެހިންނަށް މޮންގޯލިއާއަށް އެތެރެވެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

2 ޤައުމުގެ ދެމެދު ވިސާ ވެއިވަރ އެއްބަސްވުން ޤާއިމުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 17ވަނަ ދުވަހުއެވެ. މިއެއްބަސްވުމުގެ ދަށުން، ދުރާލާ ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް މޮންގޯލިއާއަށް 30 ދުވަހުގެ މުއްދަތަކަށް އެތެރެވެވޭނެއެވެ. އަދި މޮންގޯލިއާ ރައްޔިތުންނަށްވެސް ވިސާނެގުމެއް ނެތި 30 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ޓްރާންސިޓް ކުރުމުގައިވެސް ވިސާ ނަގާކަށް ނުޖެހޭނެކަމަށެވެ. ނަމަވެސް ތަޢުލީމު ޙާސިލުކުރުމާއި ވަޒީފާއާއި ވިޔަފާރީގެ ބޭނުންތަކަށް ދަތުރުކުރާ މީހުން ދުރާލާ ވިސާ ނަގަންޖެހޭނެއެވެ.

މިއެއްބަސްވުމާއެކު ދެޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުޞަތު ލިބި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.