Advertisement

މ. ދިމްޔާތު

18 Nov 2023
ޚަބަރު

މުލިއާގޭގެ މަރާމާތު ނިމެންދެން ރައީސް ދިރިއުޅުއްވާނީ ދިމްޔާތުގައި

ރިޔާސީ ގަނޑުވަރު މަރާމާތުކޮށް ނިމެންދެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިރިއުޅުއްވާނީ އަމިއްލަ ގެކޮޅުގައިކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. 

ސަރުކާރުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ ރިޔާސީ ގަނޑުވަރު މަރާމާތުކޮށް ނިމެންދެން އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވަންކަމަށެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޙައިސިއްޔަތުން ކުރައްވާ މުހިންމު މަސައްކަތްޕުޅުތައް، ރިޔާސީ ގަނޑުވަރު، މުލިއާގޭގައި ކުރިއަށްގެންދަވާނެކަމަށެވެ. އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވިނަމަވެސް، އެމަނިކުފާނަށް ދޭންވާ ސަލާމަތާއި ރައްކާތެރިކަން، ސަލާމަތީ ބާރުތަކުން ފުރިހަމައަށް ދޭނެއެވެ.

ރިޔާސީ ގަނޑުވަރު މުލިއާގެއަކީ، ރާއްޖޭގެ އެންމެ މަތީ ވެރިޔާ ދިރިއުޅުއްވުމަށް ސަރުކާރުގެ ފަރާތުން ޚާއްސަކުރައްވާފައިވާ ގެކޮޅެވެ. ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުކުރާ ބޭފުޅަފު، އެބޭފުޅަކު އަމިއްލައަށް ބޭނުންވާ ތަނެއްގައި ދިރިއުޅުމުގެ އިޚްތިޔާރު އޮވެއެވެ.

މީގެކުރީގެ ބައެއް ރަސްރަސްކަލުންނާއި، އަދި ވޭތުވެދިޔަ ދަޢުރުތަކުގެ ބައެއް ރައީސުންވެސް ރިޔާސީ ގަނޑުވަރު، މުލިއާގޭގައި ދިރިއުޅުއްވިއެވެ.އެންމެފަހުގެ ރައީސް، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ 5 އަހަރުގެ ދަޢުރުގައި، އެމަނިކުފާނުވެސް ދިރިއުޅުއްވީ މުލިއާގޭގައެވެ. އަދި ރައީސް ނަޝީދާއި ރައީސް ވަޙީދުވެސް މުލިއާގޭގައި ދިރިއުޅުއްވިއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.