Advertisement

ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރެއްވި މެމްބަރުން މަޤާމުގެ ހުވައިކުރެއްވުން --

17 Nov 2023
ޚަބަރު

ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަނުކުރެއްވުމާއިއެކު ރައްޔިތުންގެ މަޖިލީހުގެ 6 ދާއިރާއެއްގެ ގޮނޑިތައް ހުސްވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހަށް މެމްބަރުން ޢައްޔަނުކުރެއްވުމާއި އެކު ރައްޔިތުންގެ މަޖިލީހުގެ ބައެއް ދާއިރާތަކުގެ ގޮނޑި ހުސްވެއްޖެއެވެ.

މިގޮތުން އައު ސަރުކާރާއި އެކު ރައްޔިތުންގެ މަޖިލީހުގެ 6 ދާއިރާއެއްގެ ގޮނޑި ވަނީ ހުސްވެފައެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާގެ ގޮނޑިވެސް ހިމެނެއެވެ. އެގޮނޑި ހުސްވީ، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އިންތިޚާބުވެވަޑައިގެން އެމަޤާމުގެ ހުވައިކުރެއްވުމަށް މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.

ގޮނޑިތައް ހުސްވި ދާއިރާ ތަކަކީ،

1- ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާ،

ވިލިމާލެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި، އަހުމަދު އުޝާމް މިއަދު ބަންޑާރަ ނައިބުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޢައްޔަނުކުރައްވާފައެވެ.

2- ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާ،

މާވަށު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި، މުޙައްމަދު ސަޢީދު، ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ މަގާމަށް ޢައްޔަނުކުރައްވާފައެވެ.

3- ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާ،

ގުރައިދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި، މުޙައްމަދު ޣައްސާން މައުމޫން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ، މިނިސްޓަރ އޮފް ޑިފެންސްގެ މަގާމަށް ޢައްޔަނުކުރައްވާފައެވެ.

4- ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާ،

މަޑުއްވަރީ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި، އަޙްމަދު ޝަރީފް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ މަގާމަށް ޢައްޔަނުކުރައްވާފައެވެ.

5- ރައްޔިތުންގެ މަޖިލީހުގެ ނައިފަރުދާއިރާ،

ނައިފަރު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި، އަޙްމަދު ޝިޔާމް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ މަގާމަށް ޢައްޔަނުކުރައްވާފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވާން ބާކީ އޮތީ، 6 މަހަށްވުރެ ކުރު މުއްދަތެކެވެ. އެހެންކަމުން ހުސްވި ގޮނޑިތަކަށް މެމްބަރުން އިންތިޚާބުކުރުމަށް ބައި-އިލެކްޝަނެއް ނުބާއްވާނެއެވެ.

މިމެމްބަރުން މަޖިލީހުން ވަކިވެވަޑައިގެންނެވުމާއިއެކު ދެން ރައްޔިތުންގެ މަޖިލީހުގައި ތިބޭނީ، 81 މެމްބަރުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.