Advertisement

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

19 Nov 2023
ޚަބަރު

ގައުމީ ޔުނިވާސިޓީގެ ޗާންސެލާއާއި އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިސްމަގާމުތަކަކަށް މިއަދު ބޭފުޅުން އައްޔަން ކުރައްވައިފިއެވެ. އެގޮތުން މިނިސްޓަރުންގެ ފެންވަރުގައި 2 ބޭފުޅަކު، ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި 3 ބޭފުޅަކު އަދި ގައުމީ ޔުނިވަރސިޓީގެ އިސް މަގާމުތަކަށްވެސް 3 ބޭފުޅަކު ވަނީ ޢައްޔަންކުރައްވާފައެވެ.

ގައުމީ ޔުނިވާސިޓީގެ ޗާންސެލާކަމަށް އައްޔަންކުރައްވާފައިވަނީ މާފަންނު ލައިޓްކޯނަރ-4 ޑޮކްޓަރ މަޙްމޫދު ޝައުޤީއެވެ. މީގެ އިތުރުން ދެން އެ ޔުނިވަރސިޓީއަށް އައްޔަން ކުރެއްވީ ވައިސް ޗާންސެލަރކަމަށް، މާފަންނު އެމޭޒަން ޑޮކްޓަރ ޢާއިޝަތު ޝެހެނާޒު އާދަމް އާއި މާފަންނު ހިތިމާގެ ޑޮކްޓަރ ޢަލީ ޒާހިރުއެވެ.

ސްޓޭޓް މިނިސްޓަރ ފެންވަރުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ގަލޮޅު ލިޓޯނިޔާ މުޙައްމަދު ޝަމްޢާން ވަޙީދުއެވެ. އަދި މި ފެންވަރުގައި ދެން އައްޔަން ކުރެއްވީ ޗީފް އޮފް ސްޓާފް އެޓް ދަ ވައިސް ޕްރެސިޑެންޓްސް ރެޒިޑެންސްގެ މަގާމަށް، ތިލަދުންމަތީ އުތުރުބުރި ވަށަފަރު ބްލޫހައުސް މުޙައްމަދު ވަޙީދު ޙަސަން އާއި ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ ހިންގަވާ އިސް ބޭފުޅެއްގެ ގޮތުގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ކަމަށް، މައްޗަންގޮޅި ބޮޑުދަހަރާގެ ޑޮކްޓަރ މުޙައްމަދު ކިނާނަތުއެވެ.

މިނިސްޓަރުން ފެންވަރުގައި އައްޔަން ކުރައްވާފައިވަނީ، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސްގެ މަގާމަށް، ގަލޮޅު ވަށަފަރު އިޤްބާލް އާދަމްއާއި، މިނިސްޓަރ  އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާރޖްގެ މަގާމަށް، މާފަންނު ކޮތަންމާގެ މުޙައްމަދު ޙުސައިން ޝަރީފް އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.