މޯލްޑިވްސް އިމިގްރޭޝަން
16 Dec 2024
ޚަބަރު
ފްރާންސްމީހާގެ އާއިލާ ރާއްޖެއިން ފޮނުވާލާތީ ފާޑުކިޔަނީ
އޭނާގެ މައްސަލަ މީޑިއާގައި ފެންމަތިވުމުން، ބައެއް އާއްމުން ވަނީ، އެމީހާ އާއި އާއިލާ ރާއްޖޭގައި ވަޒަންވެރިވެ ދިރިއުޅުމަށް ފުރުޞަތު ދިނުމަށް ގޮވާލާފައެވެ. އެމީހާ އަނބުރާ ފްރާންސަށްދާން ބޭނުން ނުވަނީ، އޭނާ ހައްޔަރުކޮށް ޖަލަށްލައިފާނެތީތަކުގައި ބުނެފައިވެއެވެ.
28 Sep 2024
ޚަބަރު
ހުޅުމާލޭގައި ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް!
އިމިގްރޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ބަލައިފާސްކުރެވުނު ތަންތަނުގެ ތެރެއިން، ނަގަންޖެހޭ ބައެއް ހުއްދަތައް ނުނަގާ ހިންގަމުންދިއަ 03 ކެފޭއަކަށް ކަމާގުޅުންހުރި އިދާރާތަކުން ވަނީ ނޯޓިސް ދީފައެވެ.
28 Sep 2024
ޚަބަރު
ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން އުޅުނު ބަޔަކު ހިފަހައްޓައިފި
އިމިގްރޭޝަނުން ޙާމަކުރައްވާފައިވާ ގޮތުގައި، ހިފެހެއްޓި ތިން މީހުންނަކީ އުމުރުން 21 އަހަރާއި 25 އަހަރާއި ދެމެދުގެ ތިން މީހުންނެވެ. އޭގެ ތެރެއިން އުމުރުން 25 އަހަރުގެ މީހާ ހިފަހައްޓާފައި ވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހުގައެވެ. ދެވަނަ މީހާ އޮގަސްޓް މަހުގެ 16 ަނަ ދުވަހު ހިފެހެއްޓި އިރު، ތިންވަނަ މީހާ ހިފަހައްޓާފައި ވަނީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުގައެވެ.
23 Sep 2024
ޚަބަރު
މިސަރުކާރު ވެރިކަމަށް އައިފަހުން 4000 ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި
އިމިގްރޭޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބު މައުލޫމާތަށް ބަލާއިރު އެންމެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައި ވަނީ، މިއަހަރުގެ ޖޫންމަހުގައެވެ.
17 Sep 2024
ޚަބަރު
އިމިގްރޭޝަންގެ އޮފިސަރުންނަށް ވެގެން ބަޔަކު ފޭރެމުންދާތީ ސަމާލުވާން އަންގައިފި
މޯލްޑިވްސް އިމިގްރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އިމިގްރޭޝަންގެ އޮފިސަރުންކަމަށް ބުނެ ބަޔަކު އޮޅުވާލައިގެން ބިދޭސީން އުޅެމުންދާ ތަންތަން ބަލައި ފާސްކުރަމުންދާ ކަމުގެ މައުލޫމާތު އެއިދާރާއަށް ލިބިފައިވާ ކަމުގައެވެ. އިމިގްރޭޝަނުން ވިދާޅުވީ، ސޯޝަލްމީޑިއާގައި ފޮޓޯ ދައުރުވަމުން އަންނަ، އިމިގްރޭޝަންގެ މީހުންކަމަށް ބުނެ ފޭރެމުންދާ މީހުންނަކީ، އިމިގްރޭޝަންގެ މުވައްޒަފުން ނޫންކަަމަށެވެ.
29 Aug 2024
ޚަބަރު
އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނުގައި ފިލައިގެން އުޅުނު 10 މީހުން ވަނީ ހޯދާފައި
މީގެ އިތުރުން އިމިގްރޭޝަނުން ވިދާޅުވީ، އިއްޔެ ހަވީރު 16:00 އިން 18:00 އަށް މާލޭގައި ހިންގުނު ހާއްސަ ހަރަކާތުގައި ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށްވެސް ވަނީ ނޯޓިސްދެވުނު ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އެމީހުން ލައްވާ މަސައްކަތްކުރުވާ 120 ދިވެހިންނަށް ވަނީ ލިޔުމުން ނަސޭހަތް ދެވިފައި ކަމުގައިވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.
27 Aug 2024
ޚަބަރު
ތިންހާހަށް ވުރެ ގިނަ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށްފި
އިމިގްރޭޝަނާއި ފުލުހުން އަދި ކަމާއި ގުޅުންހުރި އެހެން މުއައްސަސާތަކާއި އެކު މިހާރުވެސް އިމިގްރޭޝަނުން ދަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި އެމީހުންނާއި މެދު ފިޔަވަޅު އަޅައި ރާއްޖެއިން ފޮނުވާލަމުންނެވެ.
26 Aug 2024
ޚަބަރު
ޤަވާއިދާއި ޚިލާފަށް ބިދޭސީންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަނެއް ބަންދުކޮށްފި
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ކާބޯތަކެތީގެ ވިޔަފާރީގެ ޚިދުމަތް ދިނުމުގައި، ނަގަންޖެހޭ އެއްވެސް ހުއްދައެއް ނުނަގައި، އަދި އެއްވެސް ސާފުތާހިރުކަމެއް ނެތި، ޤަވާއިދާ ޚިލާފަށް ބިދޭސީން ކުރަމުން ދިޔަ މިވިޔަފާރި ހިންގާތަން ބަލައި ފާސްކޮށް، އެތަނުން 15 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
22 Aug 2024
ޚަބަރު
ވިއްކަން ހަދާ ގުޅަތަކުގެ މަތީގައި އަޅާފައި އޮތީ ބިދޭސީން އަންނަ ދައު މުންޑު ގަނޑު
އިމިގްރޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުޅާދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުުހުންނާއި އެކު ހޯމަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ބަލައި ފާސްކޮށްފައި ވަނީ، މ. ތްރީ މޫން ގެއެވެ.
21 Aug 2024
ޚަބަރު
އިޒްރޭލު ޕާސްޕޯޓު ރާއްޖެއިން މަނާކުރަން ނިންމި ފަހުންވެސް 200 އެއްހައި އިޒްރޭލު މީހުން ރާއްޖެ އަތުވެއްޖެ
ރާއްޖޭން އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމިކަން ސަރުކާރުން އިއުލާނު ކުރީ މިއަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހުގައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެދުވަހު އެކަނިވެސް އިޒްރޭލުގެ 8 މީހުން ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އެތެރެވިއެވެ.
21 Aug 2024
ޚަބަރު
ބުޅާމަހުން ކާބޯތަކެތި ހެދިކަމަށް ބެލެވުނު އަރަފާތުގެ ކާބޯތަކެތި ވިއްކި ފިހާރަތައް ކަމަށް ބުނެ ދައުރު ކުރަނީ ފޭކު ލިސްޓެއް!
ހަދާފައިވާ ފޭކް ޕޯސްޓެއްގެ ސްކްރީން ޝޮޓެއް ޙިއްޞާކުރައްވައި، އިމިގްރޭޝަންގެ ކޮންޓްރޯލަރ ޝައްމާން ވެސް ވަނީ އެއީ އިމިގްރޭޝަންގެ ޕޯސްޓެއް ނޫންކަމުގައި ކަށަވަރުކޮށްދެއްވާފައެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، އެ އިދާރާގެ ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ ޞައްޙަ ފޮޓޯއެއް ނޫން ކަމަށާއި އެ ފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ނުހިންގެވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
21 Aug 2024
ޚަބަރު
ބުޅާ މަސް އަޅައިގެން ކާއެއްޗެހި ހަދައިގެން ވިއްކި ކަމަށް ތުހުމަތު ކުރެވުނު ޢަރަފާތު އިމިގްރޭޝަނާއި ހަވާލުކޮށްފި
ފުލުހުންގެ އިދާރާއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، އެ ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ، އަރަފާތު ޙުސައިން (32އ) މާލެއިން އިއްޔެ ހެނދުނު ހައްޔަރު ކުރުމަށްފަހުގައި އޭނާ، އިއްޔެ އިމިގްރޭޝަނާއި ހަވާލުކޮށްފައި ކަމަށެވެ. އެހެން ނަމަވެސް އޭނާ އިމިގްރޭޝަނާއި ހަވާލުކުރި ސަބަބެއް ފުލުހުންގެ އިދާރާއިން ވިދާޅެއް ނުވެއެވެ. އޭނާ އާއި ދެކޮޅަށް، ޖަނަވާރާއި ބެހޭ މިނިސްޓްރީންވެސް ވަނީ ފުލުހުންނަށް މައްސަލަ ހުށައަޅާފައެވެ.
20 Aug 2024
ޚަބަރު
ބުޅަލު މަހުގައި ކާބޯތަކެތި ހަދައި ވިއްކާކަމަށް ތުހުމަތު ކުރެވުނު ޢަރަފާތު ހައްޔަރުކޮށްފި
އަރަފާތުގެ މައްސަލަ ޖަނަވާރާއި ބެހޭ ވުޒާރާއިންވެސް އިއްޔެ ވަނީ ފުލުހުންނަށް ހުށައަޅާފައެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުންވެސް ދިޔައީ ކުރަމުންނެވެ.
19 Aug 2024
ޚަބަރު
ދިވެހިންނަށް ޚާއްޞަކުރި އެސްއެމްއީ ހަބްގައިވެސް ޤަވާއިދާއި ޚިލާފަށް ބިދޭސީން ވިޔަފާރިކުރަނީ
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، އެސްއެމްއީ ހަބްގެ ސްޓޯލްތަކުގައި ޤަވާއިދާއި ޚިލާފަށް ބިދޭސީން ވިޔަފާރިކުރަމުން ދިޔަކަމުގެ ރިޕޯޓްކޮށްފައި ވަނީ، "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށެވެ.
19 Aug 2024
ޚަބަރު
މާލޭގައި ބިދޭސީއަކު، ބުޅާމަހުގައި ބާގާ އާއި ސަބްމެރިން ހަދައިގެން ވިއްކިކަން ފަޅާއަރައިފި
އިމިގްރޭޝަނުން ހޯދަން އިއުލާނުކޮށްފައި ވަނީ، އަރަފާތު ޙުސައިން ނަމަކަށް ކިޔާ، އުމުރުން 32 އަހަރުގެ ބަނގުލަދޭޝް ފިރިހެނެކެވެ.
18 Aug 2024
ޚަބަރު
ޤަވާއިދާއި ޚިލާފަށް އުޅުނު 22 ބިދޭސީން އިއްޔެވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ
އިމިގްރޭޝަނުން ވިދާޅުވެފައިވާ ގޮތުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އެ މީހުން ގެންގޮސްފައި ވަނީ، މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން އިއްޔެ ހެނދުނު ކުރިޔަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައެވެ.