Advertisement

ތ. ވޭމަންޑޫ --

16 Dec 2024
ޚަބަރު

ފްރާންސްމީހާގެ އާއިލާ ރާއްޖެއިން ފޮނުވާލާތީ ފާޑުކިޔަނީ

ފްރާންސްގައި ކުރިން ގޭންގު ހަރަކާތްތަކުގައި ބައިވެރިވެ އުޅުނު އަދި، މީގެ 12 އަހަރު ކުރިންފެށިގެން ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ދިރިއުޅެމުން އަންނަ ފްރާންސް މީހާ އާއި އޭނާގެ އާއިލާ ރާއްޖެއިން ފޮނުވާލުމަށް ސަރުކާރުން ނިންމާފައިވާތީ އާއްމުން އެކަމަށް ފާޑުކިޔަންފަށައިފިއެވެ.

މުސްލިމް އެއާއިލާގެ ފިރިހެން މީހާއަކީ، ފްރާންސްގައި އުޅުނު ގޭންގު ހަރަކާތްތަކުގައި ބައިވެރިވެފައިވާ މީހެއް ކަމަށާއި، އެެހެންނަމަވެސް އޭނާ އިސްލާމް ވުމަށްފަހުގައި އެ އުޅުން ދޫކޮށްލާފައިވާ ކަމުގައި އޭނާ ބުނެފައިވާ ކަމުގައި މިހާރު ނޫހުން ރިޕޯޓްކޮށްފައި ވެއެވެ. 

އޭނާގެ މައްސަލަ މީޑިއާގައި ފެންމަތިވުމުން، ބައެއް އާއްމުން ވަނީ، އެމީހާ އާއި އާއިލާ ރާއްޖޭގައި ވަޒަންވެރިވެ ދިރިއުޅުމަށް ފުރުޞަތު ދިނުމަށް ގޮވާލާފައެވެ. އެމީހާ އަނބުރާ ފްރާންސަށްދާން ބޭނުން ނުވަނީ، އޭނާ ހައްޔަރުކޮށް ޖަލަށްލައިފާނެތީތަކުގައި ބުނެފައިވެއެވެ.

ފްރާންސްގެ އެ ފިރިހެންމީހާ ރާއްޖެއަށް އައީ ޓޫރިސްޓް ވިސާގައި އޭނާގެ އަނބިމީހާ އާއި ތިން ދަރިންނާއިއެކުގައެވެ. އޭގެ ފަހުން މިވީ 12 އަހަރުގެ ތެރޭގައި ރާއްޖޭގައި އެދެމަފިރިންނަށް އިތުރު ދެކުދިން ވަނީ ލިބިފައެވެ. އެމީހުން މިހާރު ދިރިއުޅެމުން އަންނަނީ، ތ. ވޭމަންޑޫގައެވެ.

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ދިރިއުޅެމުން އަންނަ އެއާއިލާ ރާއްޖެއިން ފޮނުވާލުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމުގައި އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު ވަނީ އިއްޔެ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.