Advertisement

އިމިގްރޭޝަން އާއި ކަމާއި ގުޅޭ މުއައްސަސާތަކުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެެރެއިން ---

27 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ތިންހާހަށް ވުރެ ގިނަ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށްފި

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މިސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ތިންހާހަށް ވުރެ ގިނަ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށްފައިވާ ކަމުގައި މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވައިފިއެވެ.

އިމިގްރޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި ފާއިތުވި 9 މަސް ދުވަހުގެ ތެރޭގައި އެކި މަައްސަލަތަކާއި ގުޅިގެން ރާއްޖެއިން ޖުމުލަ 3322 ބިދޭސީއަކު ވަނީ ރާއްޖެއަށް އަނބުރާ ނާދެވޭނެހެން ޑީޕޯޓްކޮށްފައެވެ.

ރާއްޖެއިން ޑީޕޯޓްކުރި މީހުންގެ ތެރޭގައި ހިމެނެނީ، ޞައްޙަ ވިސާއެއް ނެތް މީހުންނާއި، ވިސާ ހޯދި ބޭނުން ފިޔަވައި އެހެން ކަންކަމުގައި އުޅުނު ބިދޭސީންނާއި، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށް އުޅެމުން ދިޔަ ބިދޭސީންނެވެ.

އިމިގްރޭޝަނާއި ފުލުހުން އަދި ކަމާއި ގުޅުންހުރި އެހެން މުއައްސަސާތަކާއި އެކު މިހާރުވެސް އިމިގްރޭޝަނުން ދަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި އެމީހުންނާއި މެދު ފިޔަވަޅު އަޅައި ރާއްޖެއިން ފޮނުވާލަމުންނެވެ.

ބޮޑުވެފައިވާ ބިދޭސީންގެ މައްސަލައަށް  ޙައްލެއް ހޯއްދަަަވައި ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. އަދި މިވެރިކަމުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި އެމައްސަލަ ޙައްލު ކުރައްވާނެ ކަމުގައި މިހާރުގެ ހޯމް މިނިސްޓަރުވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.