Advertisement

ބިދޭސީން ކާތަކެތި ތައްޔާރު ކުރަމުން ދިޔަ ތަނެއް ---

22 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ވިއްކަން ހަދާ ގުޅަތަކުގެ މަތީގައި އަޅާފައި އޮތީ ބިދޭސީން އަންނަ ދައު މުންޑު ގަނޑު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުޅާދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ތަނެއް ބަލައި ފާސްކޮށް، 10 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުޅާދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުުހުންނާއި އެކު ހޯމަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ބަލައި ފާސްކޮށްފައި ވަނީ، މ. ތްރީ މޫން ގެއެވެ. 

އެގެ ބަލައި ފާސްކުރި އިރު، ސާފުތާހިރު ކަމުގެ މިންގަނޑަށް ނުފެތޭ ގޮތަށް، އަދި ޤަވާއިދުން ނަގަންޖެހޭ ހުއްދަތައްވެސް ނުނަަގައި ގިނަ އަދަދެއްގެ ކާބޯތަކެތި ދިޔައީ ތައްޔާރުކުރަމުންދިޔަކަން އެނގިފައިވެއެވެ. އެގޮތުން ތެލުލިފަތާއި ކުދި ގުޅަ އާއި، ރިހާކުރު ޗިޕްސް ފަދަ ބާވަތްތައް ތައްޔާރުކޮށް ޕެކެޓްކޮށްފައި ހުއްޓައި ވަނީ ފެނިފައެވެ.

މީގެ އިތުރުން ތެލުލަން ތައްޔާރުކޮށްފައިވާ ފުށްގުޅަ ތަކެއްގައި ދައު މުންޑެއް އަޅައި ނިވާކޮށްފައި ވަނިކޮށްވެސް ވަނީ ފެނިފައެވެ.

ސާފުތާހިރުކަން ކުޑަކޮށް ބިދޭސީން ކާބޯތަކެތި އުފައްދަމުންދާއިރު، ކާބޯތަކެތި ތެލުލުމަށް، ރިޒޯޓުތަކުން ބޭނުންކޮށްފައި އުކާލާ ކައްކާތެޔޮ ބޭނުންކުރާ ކަމަށްވެސް ބެލެވިފައި ވެއެވެ.

އިމިގްރޭޝަނުން ފަށާފައި އޮޮޕަރޭޝަނުގައި ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމުގެ އިތުރުން އެމީހުން ހިންގަމުންދާ ޤަވާއިދާ ޚިލާފު ވިޔަފާރިތައްވެސް ދަނީ ހުއްޓުވަމުންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.