Advertisement

އިމިގްރޭޝަން އޮފިސަރުންތަކެއް --

23 Mar 2025
ޚަބަރު

ހައްޔަރުކުރި އިމިގްރޭޝަން އޮފިސަރުންގެ ބަންދު އިތުރުކޮށްފި

މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން ފައިސާ ހޯދަމުންދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިމިގްރޭޝަންގެ އޮފިސަރުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލްކޯޓަށް ޙާޟިރުކުރުމުން އެތިން މީހުންގެ ތެރެއިން ދެމީހަކު 10 ދުވަހަށް އަދި އަނެއް މީހާ ތިން ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުދީފައިވާ ކަމަށެވެ. 

އެމައްސަލައިގައި އިމިގްރޭޝަންގެ ތިން އޮފިސަރަކު ފުލުހުން ހައްޔަރުކޮށްފައި ވަނީ ހުކުރު ދުވަހުގެ ރޭގައެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ، ބިދޭސީއެއްގެ އަތުން ފައިސާ ހިފައިގެން އިމިގްރޭޝަން ކޮންޓްރޯލަރ ދިރިއުޅޭ ގެއަށް ދިޔަ ފަހުންނެވެ.

ފުލުހުން ވަނީ ޝަމްޢާން ދިރިއުޅޭގެ ބަލައިފާސްކޮށް އެގެއިން ބައިމިލިޔަން ރިފިޔާ ހޯދާފައި ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ. އެމައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލަރ ގެ މަޤާމުން ވަކިކޮށް އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
27 Apr 2025
ޚަބަރު
ފަރުހާދުގެ ބަދަލުގައި އެކްޓިން ސީޕީއަކަށް ނަވީން ހަމަޖައްސައިފި
ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހަވާލުކުރަން ނިންމި ނިންމުން ބަދަލުކޮށް، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ ފުލުހުންގެ އިދާރާ ހިންގުން ހަވާލު ކުރައްވައިފިއެވެ.
26 Apr 2025
ޚަބަރު
ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދުއާ ހަވާލުކޮށްފި
ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ)ގެ މަޤާމުގައި ހުންނެވި ޢަލީ ޝުޖާއު އިސްތިއުފާ ދެއްވުމާ ގުޅިގެން ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހަވާލުކޮށްފިއެވެ. ފަރުހާދުއާ މި މަސްއޫލިއްޔަތު ހަވާލުކުރީ ހޯމް މިނިސްޓަރ ޢަލީ އިޙުސާންއެވެ.
26 Apr 2025
ޚަބަރު
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން ޝުޖާޢު އިސްތިއުފާ ދެއްވައިފި
ސީޕީ އިސްތިއުފާ ދެއްވިއިރު، މި މަހުގެ 18 ވަނަ ދުވަހު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ފުލުހުންގެ ތަޙުޤީޤު ކުރިޔަށްގެންދާ ގޮތުން ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އަދި "ދުލެއް ނުކުރާނަން" ނަމުގައި ސިލްސިލާކޮށް ޒުވާނުން ބާއްވަމުން އަންނަ އެއްވުމުގައި ވެސް ސީޕީގެ އިސްތިއުފާއަށް ވަނީ ގޮވާފައެވެ.
26 Apr 2025
ޚަބަރު
ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިއުމުގެ ކަންކަން ސަރުކާރުން ހަމަޖައްސައިދީފި
ހ. ފެންޓަނޯއީގެއާ އިންވެގެން ހުރި ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް ހައްވާ ޔުމްނު ރަޝީދު، އިތުރު ފަރުވާ އަށް މެލޭޝިއާ އަށް ގެންދިޔުމުގެ އިންތިޒާމުތަކާއި ބޭސްފަރުވާގެ ހުރިހާ ކަމެއް އެންސްޕާ މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށް އާއިލާ އިން ރޭ ބުނެފިއެވެ.