Advertisement

ބުޅާ މަހުން ކާބޯތަކެތި ހަދައިގެން ވިއްކިކަމަށް ތުހުމަތު ކުރެވުނު ޢަރަފާތު ޙޮސައިން --

21 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ބުޅާމަހުން ކާބޯތަކެތި ހެދިކަމަށް ބެލެވުނު އަރަފާތުގެ ކާބޯތަކެތި ވިއްކި ފިހާރަތައް ކަމަށް ބުނެ ދައުރު ކުރަނީ ފޭކު ލިސްޓެއް!

ބުޅާ މަހުން ކާބޯތަކެތި އުފައްދައިގެން ވިއްކިކަމަށް ތުހުމަތު ކުރެވުނު، ބަނގުލަދޭޝްގެ ރައްޔިތެއްކަމަށްވާ، ޢަރަފާތު ޙުސައިން އުފެއްދި ކާބޯތަކެތި ވިއްކި ފިހާރަތައް ކަމުގައި ބުނެ، އިމިގްރޭޝަންގެ ޓްވިޓާ ހޭންޑަލްގެ ނަކަލެއް ބޭނުންކޮށްގެން ހަދައި އާއްމުކޮށްފައިވާ ލިސްޓަކީ ސައްޙައެއްޗެއް ނޫންކަމުގައި މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ހަދާފައިވާ ފޭކް ޕޯސްޓެއްގެ ސްކްރީން ޝޮޓެއް ޙިއްޞާކުރައްވައި، އިމިގްރޭޝަންގެ ކޮންޓްރޯލަރ ޝައްމާން ވެސް ވަނީ އެއީ އިމިގްރޭޝަންގެ ޕޯސްޓެއް ނޫންކަމުގައި ކަށަވަރުކޮށްދެއްވާފައެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، އެ އިދާރާގެ ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ ޞައްޙަ ފޮޓޯއެއް ނޫން ކަމަށާއި އެ ފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ނުހިންގެވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ފޭކް ސްކްރީން ޝޮޓްތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، ޤަވާއިދާއި ޚިލާފަށް، ޢަރަފާތު ހިންގި މުޑުދާރު ބަދިގޭގައި އުފެއްދު ކާބޯތަކެތި ވިއްކި ތަންތަނަކީ ކޮބައިކަން އެނގެން ބޭނުންވާ ކަމުގައި އާއްމުންވެސް ދަނީ ސޯޝަލް މީޑިއާގައި ޝުއޫރުފާޅު ކުރަމުންނެވެ.

ބަނގުލަދޭޝްގެ ރައްޔިތެއްކަމަށްވާ، ޢަރަފާތު ޙުސައިން (32އ) ހައްޔަރުކުރުމަށް ފަހުގައި ފުލުހުން މިހާރު ވަނީ އޭނާ އިމިގްރޭޝަނާއި ހަވާލުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.