Advertisement

ބުޅަލުމަހުގައި ކާބޯތަކެތި ހަދައި ވިއްކާ ކަމަށް ތުހުމަތު ކުރެވުނު ޢަރަފާތު ---

20 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ބުޅަލު މަހުގައި ކާބޯތަކެތި ހަދައި ވިއްކާކަމަށް ތުހުމަތު ކުރެވުނު ޢަރަފާތު ހައްޔަރުކޮށްފި

މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް ހިފައި މަރައިގެން އެ ބުޅަލުގެ މަހުގައި ކާބޯތަކެތި ތައްޔާރު ކުރަމުން ދިޔަކަމުގެ ތުހުމަތު ކުރެވުނު، ޢަރަފާތު ހުސައިން ހޯދައި ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ އޭނާ ހައްޔަރުކުރީ، މާލެއިން މިއަދު ހެނދުނު 10:32 ހާއިރުގައި ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ، ދިލްބަހާރު މަގުގައި ހުންނަ ސެލޫނަކަށް ބޯކޮށަށް ވަދެ ހުއްޓައެވެ. 

އަރަފާތުގެ މައްސަލަ ޖަނަވާރާއި ބެހޭ ވުޒާރާއިންވެސް އިއްޔެ ވަނީ ފުލުހުންނަށް ހުށައަޅާފައެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުންވެސް ދިޔައީ ކުރަމުންނެވެ. 

އޭނާގެ މައްސަލަ ފުލުހުންނާއި އިމިގްރޭޝަނުން އަދި ސަރުކާރުގެ އިދާރާތަކުން ބަލަން ފެށީ، އިއްޔެ ސޯޝަލް މީޑިއާގައި އާއްމުންނާއި، ޖަނަވާރުގެ ހައްޤުތަކަށް މަސައްކަތް ކުރާ ގުރޫޕަކުން އޭނާގެ މައްސަަލަ ފެންމަތި ކުރުމާއި ގުޅިގެންނެވެ.

އޭނާއަކީ، މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް ހިފައިގެން އެބުޅާތައް މަރައި އޭގެ މަހުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުން ގެންދިޔަ މީހެއްކަން ވަނީ ފަޅާއަރާފައެވެ. ބިދޭސީންނަށް އޭނާ ކާބޯތަކެތި ތައްކާރުކޮށް ވިއްކާއިރު، ކަންމަތީ ކުދި ފިހާރަތަކާއި، ކޮފީ ޝޮޕްތައް ފަދަ ތަންތަނަށް އޭނާ ބާގާ އާއި ސަބްމެރިން ހަދައިގެން ގެންގޮސް ވިއްކާ ކަމަށް އާއްމު ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.