Advertisement

އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވިކަން އިޢުލާނު ކުރި ޕްރެސް ކޮންފަރެންސްގެ ތެރެއިން ---

21 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

އިޒްރޭލު ޕާސްޕޯޓު ރާއްޖެއިން މަނާކުރަން ނިންމި ފަހުންވެސް 200 އެއްހައި އިޒްރޭލު މީހުން ރާއްޖެ އަތުވެއްޖެ

އިޒްރޭލުގެ ރައްޔިތުންނަށް ރާއްޖެ އެެތެރެ ނުވެވޭ ގޮތަށް ރާއްޖެއިން އެޤައުމުގެ ޕާސްޕޯޓް މަނާކުރުމަށް ނިންމިފަހުންވެސް މިހާތަނަށް ފަތުރުވެރިންގެ ގޮތުގައި އިޒްރޭލުގެ 196 މީހުން ރާއްޖެ އެތެރެ ވެއްޖެއެވެ.

އިމިގްރޭޝަނުން އާއްމުކޮށްފައިވާ ފާއިތުވި ދެމަހުގެ ތަފާސް ހިސާބަށް ބަލާއިރު ޖޫން މަހު 86 މީހުން، އަދި ޖުލައި މަހު 124 މީހުން ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް އައިސްފައި ވެއެވެ. 

ރާއްޖޭން އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމިކަން ސަރުކާރުން އިއުލާނު ކުރީ މިއަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހުގައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެދުވަހު އެކަނިވެސް އިޒްރޭލުގެ 8 މީހުން ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އެތެރެވިއެވެ.

ސަރުކާރުން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ނިންމިކަން އިއުލާނު ކުރުމާއި ގުޅިގެން އެކަމަށް ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ހުއްޓިގެން ދިޔައެވެ. އެހެން ނަމަވެސް ސަރުކާރުގެ ނިންމުމަށް 3 މަސް ދުވަސްވާން ކައިރިވެފައި ވާއިރު އަދިވެސް އަމަލީ ގޮތުން އެކަން ކުރެވިފައެއް ނުވެއެވެ. ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަަައަޅައިގެން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތް ހެދުމަށެވެ.

އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙްތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައި، އެމަސައްކަތް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްވެސް އެކުލަވާލެއްވިއެވެ.

ރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ނިންމި އިރު، އިޒްރޭލުން ގާޒާގައި ހިންގަމުން ގެންދާ ޤަތުލު އާއްމަށް އެއް އަހަރު ދުވަސްވާން ވަނީ ގާތްވެފައެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި ގާޒާގެ 40000 ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.