Advertisement

ބުޅާ މަސް އަޅައިގެން ކާބޯތަކެތި ތައްޔާރު ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޢަރަފާތު ---

21 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ބުޅާ މަސް އަޅައިގެން ކާއެއްޗެހި ހަދައިގެން ވިއްކި ކަމަށް ތުހުމަތު ކުރެވުނު ޢަރަފާތު އިމިގްރޭޝަނާއި ހަވާލުކޮށްފި

ބުޅާ މަސް އަޅައިގެން ކާއެއްޗެހި ހަދައިގެން ވިއްކި ކަމަށް ތުހުމަތު ކުރެވުނު ޢަރަފާތު އިއްޔެ އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، އެ ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ، އަރަފާތު ޙުސައިން (32އ) މާލެއިން އިއްޔެ ހެނދުނު ހައްޔަރު ކުރުމަށްފަހުގައި އޭނާ، އިއްޔެ އިމިގްރޭޝަނާއި ހަވާލުކޮށްފައި ކަމަށެވެ. އެހެން ނަމަވެސް އޭނާ އިމިގްރޭޝަނާއި ހަވާލުކުރި ސަބަބެއް ފުލުހުންގެ އިދާރާއިން ވިދާޅެއް ނުވެއެވެ. އޭނާ އާއި ދެކޮޅަށް، ޖަނަވާރާއި ބެހޭ މިނިސްޓްރީންވެސް ވަނީ ފުލުހުންނަށް މައްސަލަ ހުށައަޅާފައެވެ.

ރާއްޖޭގައި ދިރިއުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ޢަރަފާތު ޙުސައިނަކީ، ޤަވާއިދާއި ޚިލާފަށް ބަދިގެއެއް ހަދައި ފުޅާ ދާއިރާއެއްގައި ބިދޭސީންނަށް ކާބޯތަކެތި ވިއްކަމުން އައި މީހެކެވެ. އަދި ކަންމަތީ ފިހާރަތަކާއި ބިދޭސީން ހިންގާ ސައިކަޑަތަކަށް އޭނާ، ސަބްމެރިން އާއި ބާގާ ފަދަ ތަކެތި ހަދައިގެން ގެންގޮސް ވިއްކާއިރު، އެތަކެއްޗަށް ބުޅާ މަސް އަޅާފައިވާ ކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ.

އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި ބުޅާ ގެންގުޅުނު ކަމާއި، އަދި ކަތިލައި މަރާފައިވާ ބުޅަލުގެ ހަށިގަނޑުގެ ބައިތައް އެގޭގެ ކައިރިން ފެނިފައިވާ ކަމުގައިވެސް ސޯޝަލް މީޑިއާގައި އާއްމުން ރިޕޯޓްކޮށްފައި ވެއެވެ. އަދި މަގުމަތީގައި އޭނާ ބުޅާ ހިފަން އުޅޭ މަންޒަރުފެންނަ ވީޑިއޯތަކެއްވެސް ސޯޝަލް މީޑިއާގައި އާއްމުވެފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.