Advertisement

ރޭ އިމިގްރޭޝަންގެ ކޮންޓްރޯލަރ ގެ މަޤާމުން ވަކިކުރެއްވި މުޙައްމަދު ޝަމްޢާން ވަހީދު --

22 Mar 2025
ޚަބަރު

ކުރީގެ ކޮންޓްރޯލަރ ޝަމްޢާން ހައްޔަރުކޮށްފި

ރޭ މަޤާމުން ވަކިކުރެއްވި އިމިގްރޭޝަންގެ ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ ޝަމްޢާން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިރޭ ކަމަށެވެ. އޭނާ ހައްޔަރު ކުރީ މައްސަލައިގެ ތަޙްޤީޤަށް މިރޭ ފުލުހުންގެ އިދާރާއަށް ހާޟިރުކުރުމަށްފަހުގައެވެ.

ޝަމްޢާންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ، ބިދޭސީ މަސައްކަތްތެރިންނަށް ނުފޫޒު ފޯރުވައިގެން އެމީހުންގެ އަތުން ނާޖާއިޒު މަންފާ ހޯދާފައިވާ ކަމުގެ ތުހުމަތެވެ. އެތުހުމަތުގައި އިމިގްރޭޝަންގެ އިތުރު ތިން އޮފިސަރަކުވެސް ރޭ ފުލުހުން ހައްޔަރުކުރިއެވެ.

މީގެ އިތުރުން ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި ޝަމްޢާން ދިރިއުޅޭގެ ބަަލއި ފާސްކޮށް ބައިމިލިޔަނަށްވުރެ ގިނަ ރުފިޔާގެ ނަގުދުފައިސާ ހޯދާފައިވާ ކަމުަގައިވެސް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ. ފުލުހުންގެ އިދާާރާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެފައިސާއަކީ، ބިދޭސީ މަސައްކަތް މީހެއްގެ އަތުން ހޯދާފައިވާ ފައިސާ ކަމަށެވެ.

ޝަމްޢާން ކޮންޓްރޯލަރގެ މަޤާމުން ވަކިކުރެއްވުމަށްފަހުގައި ރޭ ވަނީ އެމަޤާމަށް، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީޙް ޢައްޔަނުކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.