Advertisement

އިއްޔެ އިމިގްރޭޝަނުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން --- ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން.

29 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

އިއްޔެ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނުގައި ފިލައިގެން އުޅުނު 10 މީހުން ވަނީ ހޯދާފައި

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދައި އެމީހުންނާއި މެދު ފިޔަވަޅު އެޅުމަށް އިއްޔެ މޯލްޑިވްސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނުގައި، އެމީހުން ރާއްޖެއަށް ގެނައި ފަރާތްތަކަށް ފިލުމުން، ގެއްލިފައިވާ ކަމަށ އިމިގްރޭޝަނަށް ރިޕޯޓްކޮށްފައިވާ 10 މީހަކު ހޯދުނު ކަމުގައި މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ވިދާޅުވީ، އިއްޔެ ހަވީރު 16:00 އިން 18:00 އަށް މާލޭގައި ހިންގުނު ހާއްސަ ހަރަކާތުގައި ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށްވެސް ވަނީ ނޯޓިސްދެވުނު ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އެމީހުން ލައްވާ މަސައްކަތްކުރުވާ 120 ދިވެހިންނަށް ވަނީ ލިޔުމުން ނަސޭހަތް ދެވިފައި ކަމުގައިވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

މީގެ އިތުރުން، މި ހަރަކާތުގައި މާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 582 ތަނެއް ބަލައި ފާސްކޮށް، 1,025 ބިދޭސީންނާ ވަނީ ސުވާލުކޮށްފައި ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، އިއްޔެ ކުރިއަށް ގެންދެވުނު ހަރަކާތަކީ އިމިގްރޭޝަންގެ 74 އަހަރުވީ ދިގު ތާރީހުގައި، މިހާތަނަށް އެންމެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ހިންގުނު އެންމެ ބޮޑު ހަރަކާތެވެ. މިހަރަކާތުގައި،  އިމިގްރޭޝަނުގެ 211 އޮފިސަރުން ބައިވެރިވިއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.