Advertisement

ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން އުޅުނު މީހުން --

28 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން އުޅުނު ބަޔަކު ހިފަހައްޓައިފި

ޝަހުސު އޮޅުވާލައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެ އެތެރެވާން އުޅުނު 03 ބިދޭސީއަކު ވަނީ ހުއްޓުވާފައިވާ ކަމުގައި މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން ޙާމަކުރައްވާފައިވާ ގޮތުގައި، ހިފެހެއްޓި ތިން މީހުންނަކީ އުމުރުން 21 އަހަރާއި 25 އަހަރާއި ދެމެދުގެ ތިން މީހުންނެވެ. އޭގެ ތެރެއިން އުމުރުން 25 އަހަރުގެ މީހާ ހިފަހައްޓާފައި ވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހުގައެވެ. ދެވަނަ މީހާ އޮގަސްޓް މަހުގެ 16 ަނަ ދުވަހު ހިފެހެއްޓި އިރު، ތިންވަނަ މީހާ ހިފަހައްޓާފައި ވަނީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުގައެވެ.

މިތިން މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް އެމީހުން ނިސްބަތްވާ ޤައުމަކާއި އެއީ ކޮންކަމެއްގައި ރާއްޖެ އެތެރެވާން މަސައްކަތް ކުރި ބައެއް ކަމެއް އިމިގްރޭޝަނުން ހާމަކުރައްވާފައެއް ނުވެއެވެ.

އެކި ކުށްތަކާއި ގުޅިގެން ރާއްޖެއިން ޑީޕޯޓްކޮށްފައިވާ ބިދޭސީން ޝަޚުޞު އޮޅުވާަލައި ވަގު ޕާސްޕޯޓުތަކުގައި ރާއްޖެއަށް އެތެރެވުމަށް މަސައްކަތް ކުރަނިކޮށް މީގެ ކުރިންވެސް އަތުލައިގަނެވިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.