Advertisement

އެސްއެމްއީ ހަބް

19 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ދިވެހިންނަށް ޚާއްޞަކުރި އެސްއެމްއީ ހަބްގައިވެސް ޤަވާއިދާއި ޚިލާފަށް ބިދޭސީން ވިޔަފާރިކުރަނީ

ބިޒްނަސް ސެންޓާ ކޯޕަރޭޝަން ސެންޓަރުން، އެންމެ ކުދި އަދި ކުދި ވިޔަފާރިތަކަށް ހާއްސަކުރި އެސްއެމްއީ ހަބްގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރި ހިންގަމުން ދިޔަ ބިދޭސީ 3 މީހަކު ހޯދައި އެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، އެސްއެމްއީ ހަބްގެ ސްޓޯލްތަކުގައި ޤަވާއިދާއި ޚިލާފަށް ބިދޭސީން ވިޔަފާރިކުރަމުން ދިޔަކަމުގެ ރިޕޯޓްކޮށްފައި ވަނީ، "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށެވެ. 

އެސްއެމްއީ ހަބުގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރި ހިންގަމުން އައި ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު، އެތަނަކީ، ދިވެހިން އަލަށް ވިޔަފާރި ފަށައި، ޕްރޮމޯޓުކޮށްދިނުމަށް އެހީތެރިވުމުގެ ބޭނުމުގައި ހުޅުވި ތަނެކެވެ.

"އިމިގްރޭޝަން ވޮޗް"އަކީ، ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންނާއި ޤަވާއިދާއި ޚިލާފަށް ބިދޭސީން ހިންގަމުން ގެންދާ ވިޔަފާރިތަކާއި ގުޅޭ މައުލޫމާތު، ހުށައެޅުމަށް ޤާއިމްކޮށްފައިވާ ޕޯޓަލް އެކެވެ. 

މީގެ އިތުރުން، ދުފުމަށް ބޭނުން ކުރާ ފޯއް، ނުތާހިރު ތަނެއްގައި ތައްޔާރުކޮށް ވިއްކަމުން ދިޔަ ބިދޭސީންތަކެއްވެސް އިމިގްރޭޝަނުން ވަނީ އަތުލައިގެންފައެވެ. ޤަވާއިދާއި ޚިލާފަށް އުޅެމުން ދިޔަ އެބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، މ. ރީތި އޯކިޑް ގެއިންނެވެ. އެގޭގައި ދެ ބިދޭސީއަކު ވެގެން ފޯއް ގެންދިޔައީ ވިއްކަމުންނެވެ. 

ކޮމެންޓް
ރިވާ ތޯގުތާ (ރިޝްމާ)
އިއޫއޫ . ވަޓް އައްޗީ 🤮
19 Aug 2024
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.