Advertisement

އިމިގްރޭޝަންގެ އޮފިސަރުން ކަމަށް ހެދިގެން ގެއަކަށް ވަދެ ފޭރުނު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުން އަންނަ މީހުންގެ ފޮޓޯ ---

17 Sep 2024
ޚަބަރު

އިމިގްރޭޝަންގެ އޮފިސަރުންނަށް ވެގެން ބަޔަކު ފޭރެމުންދާތީ ސަމާލުވާން އަންގައިފި

މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންކަމަށް ހެދިގެން، ގުރޫޕަކުން ބިދޭސީން ދިރިއުޅޭ ތަންތަނަށް ވަދެ ފޭރުުގެ ޢަމަލުތައް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އިމިގްރޭޝަންގެ އޮފިސަރުންކަމަށް ބުނެ ބަޔަކު އޮޅުވާލައިގެން ބިދޭސީން އުޅެމުންދާ ތަންތަން ބަލައި ފާސްކުރަމުންދާ ކަމުގެ މައުލޫމާތު އެއިދާރާއަށް ލިބިފައިވާ ކަމުގައެވެ. އިމިގްރޭޝަނުން ވިދާޅުވީ، ސޯޝަލްމީޑިއާގައި ފޮޓޯ ދައުރުވަމުން އަންނަ، އިމިގްރޭޝަންގެ މީހުންކަމަށް ބުނެ ފޭރެމުންދާ މީހުންނަކީ، އިމިގްރޭޝަންގެ މުވައްޒަފުން ނޫންކަަމަށެވެ. އަދި އިމިގްރޭޝަންގެ މުވައްޒަފުން ބަލާފާސްކުރުމުގައި ހަރަކާތްތެރިވަމުން ގެންދާނީ، ޔުނީފޯމުގައި ކަމަށާއި އަދި އެމުވައްޒަފުންގެ އަތުގައި ފާސްވެސް އޮންނާނެ ކަމުގައި، އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެެވެ.

އިމިގްރޭޝަނުން އެފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށް، ޝައްކުވާނަމަ އެފަދަ މީހުންނާއި ސުވާލުކޮށް އެމީހުންގެ ފާހާއި ފުރިހަމަ މައުލޫމާތު އޮޅުން ފިލުވުމަށް އެދިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.