Advertisement

19 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

މާލޭގައި ބިދޭސީއަކު، ބުޅާމަހުގައި ބާގާ އާއި ސަބްމެރިން ހަދައިގެން ވިއްކިކަން ފަޅާއަރައިފި

މާލޭ މަގުމަތީގައި އުޅޭ ބުޅާ ހިފައި މަރައިގެން އޭގެ މަހުން، ބާގާ އާއި ސަބްމެރިން ފަދަ ކާބޯތަކެތި ތައްޔާރުކޮށް ވިއްކި ކަމަށް ތުހުމަތު ކުރެވޭ ބަނގުލަދޭޝް މީހަކު ހޯދަން އިމިގްރޭޝަނުން އިއުލާނުކޮށްފިއެވެ.

އިމިގްރޭޝަނުން ހޯދަން އިއުލާނުކޮށްފައި ވަނީ، އަރަފާތު ޙުސައިން ނަމަކަށް ކިޔާ، އުމުރުން 32 އަހަރުގެ ބަނގުލަދޭޝް ފިރިހެނެކެވެ. 

އޭނާ މީގެ ކުރިން މާލޭގެ މަގުމަތުން ބުޅާ ހިފައިގެން ޕްލާސްޓިކް ކޮތަޅަށް ލާން އުޅެނިކޮށް ބައެއް މީހުންނަށް ފެނި ކުރިން ކޮށްފައިވާ ވީޑިއޯއެއްވެސް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދިއޭނާ އުޅުނު ގޭގައި ދިރިއުޅޭ ބައެއް މީހުން ވަނީ، އެ ބިދޭސީ މީހާ އުޅުނު ތަނުން ބުޅާ ރޯއަޑު އިވޭކަމަށާއި، އަދި ބުޅަލުގެ ބައެއް ގުނަވަންތައްވެސް ފެނިފައިވާކަން ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނާއި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް އިމިގްރޭޝަނުން ފަށާފައިވާ އޮޕަރޭޝަނުގެ ތެރެއިންވެސް ދަނީ، މުޑުދާރުތަންތަނުގައި ކާބޯތަކެތި ހަދައިގެން ވިއްކާ ބިދޭސީން އަތުލައިގަންނަމުންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.