Advertisement

ރާއްޖޭގައި ދިރިއުޅޭ ބިދޭސީން --

23 Sep 2024
ޚަބަރު

މިސަރުކާރު ވެރިކަމަށް އައިފަހުން 4000 ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި

މިސަރުކާރަށް މިވީ 10 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅެމުންދިޔަ 4000 ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމުގައި މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސް ހިސާބު މައުލޫމާތުގައި ބުނެފައި ވަނީ، ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި ޖުުމުލަ 4،054 ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށްފައިވާ ކަމަށެވެ. އެއީ 17 ނޮވެމްބަރު 2023 އިން 17 ސެޕްޓެމްބަރު 2024 އާއި ހަމައަށް ޑީޕޯޓް ކުރި މީހުންގެ އަދަދެވެ. އިމިގްރޭޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބު މައުލޫމާތަށް ބަލާއިރު އެންމެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައި ވަނީ، މިއަހަރުގެ ޖޫންމަހުގައެވެ. ޖޫންމަހުގައި އެކަނިވެސް 690 ބިދޭސީ ޑީޕޯޓްކޮށްފައިވެެއެވެ. ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހާއި ހަމައަށް މިހާރުވެސް 663 ބިދޭސީން ޑީޕޯޓްކޮށްފައި ވާއިރު، އެންމެ ގިނަ ބިދޭސީން ޑީޕޯޓްކުރެވޭ މަހަށް މި މަސްވެގެންދާނޭ ކަމަށް ބެލެވެއެވެ.

ޑިސެމްބަރު 2023 - 202 ބިދޭސީން

ޖެނުއަރީ 2024 - 237 ބިދޭސީން

ފެބްރުއަރީ 2024 - 309 ބިދޭސީން

މާޗު 2024 - 332 ބިދޭސީން

އޭޕްރިލް 2024 - 240 ބިދޭސީން

މެއި 2024 - 377 ބިދޭސީން

ޖޫން 2024 - 690 ބިދޭސީން

ޖުލައި 2024 - 461 ބިދޭސީން

އޯގަސްޓު 2024 - 453 ބިދޭސީން

އިމިގްރޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ޑީޕޯޓްކުރާ ބިދޭސީން ޑީޕޯޓްކުރަމުންދަނީ އެމީހުން ބަހައްޓާފައިވާ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެންނެވެ.

ކޮމެންޓް
ހިޔަލަ ޕެއާ
ފޮޓޯގަނޑުގެ މިންވަރުވެސް ނެތް އެއީވެސް ކުރީގެ ސަރުކާރުގެ މަސައްކަތް ތިހާދޮގުހަދާ ސަރުކާރެއް 4000 ޑީޕޯޓޭކިޔައިގެން ވެސް ތިހަދަނީދޮކު ކަމަށް ގަބޫލު ކުރެވެނީ
23 Sep 2024
ވަޖީހު
ހުސްދޮގު
23 Sep 2024
އިބުރޯ
ކައްޒާބު ގެ ކަންކަން ހުންނާނީ އިދިކޮޅަށް
23 Sep 2024
ހުވަހެން
މުއިއްޒު އަދި މިހާތަނަށް ބޮޑު އަގުލަބިޔަތު އޮވެގެން ކަނޑަނީ ފޮނި އެއްވެސް ޕޮރޮޖެއްޓެއްވެސް ނުހިންގުނު ގާބިލެއްނޫން
23 Sep 2024
ޖަޒުބެ
އަނގަޔަކުން ޕޮރޮޖެއްޓެއް ނުހިންގޭބެ ރިބަން ކެނޑޭނީ އިބޫގެ މަސައްކަތަ އެކަނި ވަރަށް ނާގާބިލު ސަރުކާރެއް ކައްޒާބު ގެ މާނައާއި ވެރިކަމާއި ގުޅޭ
23 Sep 2024
ފައިމަކުނު
ދޮންކޭލެއް ނުކެވޭ ވައްތަރުގެ ދޫނި ތަކެއް
23 Sep 2024
ހިޔާލިބިދޭ
މަގޭ ހިތަށް އަރަނީ ހަމަ ސުމއްގެ ސަރުކާރެކޭ
23 Sep 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.