Advertisement

ބިދޭސީންނަށް ކާބޯތަކެތި ތައްޔާރު ކުރަމުން ދިޔަ ގެ -- ފޮޓޯ: އިމިގްރޭޝަން

26 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ޤަވާއިދާއި ޚިލާފަށް ބިދޭސީންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަނެއް ބަންދުކޮށްފި

މާލޭގައި އުޅޭ ބިދޭސީންނަށް، ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީކޮށްދީ ހިންގަމުން އަންނަ ވިޔަފާރިއެއް ހުއްޓުވައި ބައެއް މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ކާބޯތަކެތީގެ ވިޔަފާރީގެ ޚިދުމަތް ދިނުމުގައި، ނަގަންޖެހޭ އެއްވެސް ހުއްދައެއް ނުނަގައި، އަދި އެއްވެސް ސާފުތާހިރުކަމެއް ނެތި، ޤަވާއިދާ ޚިލާފަށް ބިދޭސީން ކުރަމުން ދިޔަ މިވިޔަފާރި ހިންގާތަން ބަލައި ފާސްކޮށް، އެތަނުން  15 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެތަނަކީ، ބިދޭސީންނަށް ބަތާއި ރިހަ ކައްކައިގެން، ޕްލާސްޓިކް ކޮތަޅުގައި ޑެލިވަރީ ކުރުމުގެ ޚިދުމަތް ދެމުން އައި ތަނެކެވެ. މިވިޔަފާރި ބިދޭސީން ޤަވާއިފާއި ޚިލާފަށް ހިންގަމުން ގެންގޮސްފައިވަނީ ހ. ބިއަންކާ ނަމަކަށް ކިޔާ ގޭގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.