Advertisement

ރާއްޖޭގައި އޮޕަރޭޓްކުރަމުން އަންނަ ރިސޯޓެއް

20 Nov 2023
ޚަބަރު

ފަތުރުވެރިކަން ކުރިއެރުވުމަށް ޚާއްސަ ކައުންސިލެއް އުފައްދައިފި

ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭ ޚާއްސަ ކައުންސިލެއް ވަޒީރުންގެ މަޖިލީހުގައި އުފައްދަވައިފިއެވެ. މި ކައުންސިލްގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. 

މި ކައުންސިލް އުފައްދަވާފައިވަނީ އައު ސަރުކާރުގެ ފުރަތަމަ ވަޒީރުގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުން ވަނީ، 3 ކައުންސިލެއް އުފައްދަވާ، ކައުންސިލްތަކުގައި އިސްކޮށް މަސައްކަތް ކުރައްވާނެ ބޭފުޅުން ކަނޑައަޅުއްވާފައެވެ. ވަޒީރުންގެ މަޖިލީހުން އެކުލަވާލައްވާފައިވަނީ ސޯޝަލް ކައުންސިލް، އިކޮނޮމިކް ކައުންސިލް އަދި ވިޒިޓަރ އިކޮނޮމިކް ކައުންސިލެވެ.

ވިޒިޓަރ އިކޮނޮމީ ކައުންސިލަކީ ވަޒީރުގެ މަޖިލީހުގައި މުޅިން އަލަށް އުފެއްދެވި ކައުންސިލެކެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަށް އުފެއްދެވި ކައުންސިލެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ، މި ކައުންސިލުގެ މަޤުޞަދަކީ ރާއްޖޭގެ އާމްދަނީ އެންމެ ބޮޑަށް ބަރޯސާވާ، ފަތުރުވެރިކަމުގެ އައު ގޮތްތައް ތަޢާރަފުކޮށް، ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރެއްވުންކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އައު ސަރުކާރުގެ ވަޒީރުގެ މަޖިލީހުގައި 22 ބޭފުޅުން ހިމެނިފަޑައިގަންނަވައެވެ. ވަޒީރުގެ މަޖިލީހުގެ ފުރަތަމަ ބައްދަލުކުރެއްވުމަކީ ތަޢާރަފުވުމާއި، ސަރުކާރުގެ މަސައްކަތްތައް ފަށައިގަތުމަށް ކަންކަން ތަރުތީބުކުރެއްވުމަށް މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމެކެވެ. އެގޮތުން އައު ސަރުކާރުގެ "ހަފްތާ 14" މަގުޗާޓުގައި ހިމެނޭ މަސައްކަތްތައް ރާއްވަވާ ކުރިއަށްގެންދަވާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.