ޓުއަރިޒަމް
14 Feb 2024
ޚަބަރު
އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދުބާއީގައި މިއަދު ބޭއްވި އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ ފޯރަމްގައި ބައިވެރިވެވަޑައިގެންފިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންވެސްޓަރުންނާއި ވިޔަފާރިވެރިން އެއްތަނަކުން ބައްދަލުވުމުގެ މަގުސަދުގައި ބާއްވާ މި ފޯރަމަކީ ދިވެހިރާއްޖޭގައި ހުރި ތަފާތު އިންވެސްޓްމަންޓް ފުރުޞަތުތައް ދައްކުވައިދޭ ފޯރަމެކެވެ.
11 Feb 2024
ޚަބަރު
މިއަހަރުގެ ސަވާދީއްތަ ދަތުރު ފަށައިފި
ސަވާދީއްތަ ދަތުރަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މޯލްޑިވްސް އިންޓަގްރޭޑެޓް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްއައިޓީޑީސީން އަހަރަކު އެއްފަހަރު، ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ ބައިނަލްއަޤްވާމީ ޔޮޓްރެލީއެކެވެ.
07 Feb 2024
ވިޔަފާރި
ތުރުކީގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ
ތުރުކީގައި ބާއްވާ އީސްޓް މެޑިޓަރޭނިއަން އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަން، އެމިޓް ފެއަރގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީން ބައިވެރިވެއްޖެއެވެ. އެމިޓް ފެއަރއަކީ އީސްޓް މެޑިޓަރޭނިއަން ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް ޓްރެވަލް ފެއަރއެވެ.
31 Jan 2024
ޚަބަރު
ފ. މަގޫދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކުރާނެ ބަޔަކު ހޯދަނީ
ފ. މަގޫދޫ ފަޅުގެ އިރުމަތީކޮޅުގައި ރިސޯޓެއް ތަރައްގީކުރަން ބީލަން ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
30 Jan 2024
ވިޔަފާރި
މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނެވޭނެކަމުގެ އުންމީދު ބޮޑު: މިނިސްޓަރ ފައިސަލް
މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނެވޭނެކަމުގެ އުންމީދު ބޮޑުކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ކޯޑިންގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށްދިއުމަށް ބޭނުންވާ ހުނަރުތައް ތަރައްޤީކޮދީ، ފުރުސަތުތަށް ތަނަސްވަސްކޮށްދިނުމުގެ ހާއްސަ ޕްލޭން އިފްތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅު ދައްކަވަމުންނެވެ.
10 Jan 2024
ޚަބަރު
މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު %12 އިތުރު
މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %12 އިތުރުވެފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
08 Jan 2024
ޚަބަރު
ކޭލަކުނުގައި އިކޯ ޓޫރިޒަމް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވައިފި
ގުދުރަތީ ރީތި ހިތްގައިމުކަމެއް ލިބިފައިވާ ހދ. ކޭލަކުނުގައި އިކޯ ޓޫރިޒަމްގެ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިގޮތަށް ނިންމާފައި ވަނީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
01 Jan 2024
ޚަބަރު
މި އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
އައު އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާކިޔުމަށް ކުލަގަދަ ހަރަކާތްތަކެއް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ވަނީ ބާއްވާފައެވެ. މިގޮތުން އައު އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ދެންނެވުމަށް، މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހީމް ފައިޞަލް އާއި، އެމްއެމްޕީއާރްސީގެ އިސްވެރިންނާއި، އެމްއޭސީއެލްގެ އިސްވެރިން ވަޑައިގެންނެވިއެވެ.
21 Dec 2023
ޚަބަރު
ކުޅުދުއްފުށީގައި ޓޫރިޒަމް ޒޯން އެއް ތަރައްޤީކުރަން އިންވެސްޓަރުން ހޯދަން އެހީވަނީ
ހދ. ކުޅުދުއްފުށީގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް އިންވެސްޓަރުން ހޯދަން އެހީތެރިވުމަށް އެ ރަށު ކައުންސިލާ އެކު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
02 Dec 2023
ޚަބަރު
ވޯލްޑު ޓްރެވަލް އެވޯޑްސްގެ ޓްރެވަލް ޕާސަނަލިޓީ އެވޯޑު ކުރީގެ މިނިސްޓަރ މައުސޫމްއަށް!
ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މަޝްހޫރު އެއް އެވޯޑު ކަމުގައިވާ ވޯލްޑު ޓްރެވަލް އެވޯޑްސްއިން ދޭ އަހަރުގެ ޓްރެވަލް ޕާސަނަލިޓީ އެވޯޑު، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ލިބިވަޑައިގެންފިއެވެ.
02 Dec 2023
ޚަބަރު
ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލްގެ އެވޯޑް ވިދިވިދިގެން 4 ވަނަ އަހަރު ރާއްޖެއަށް
ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ އެވޯޑް ނުވަތަ "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން"ގެ އެވޯޑް ޖެހިޖެހިގެން 4 ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން"ގެ އެވޯޑު ރާއްޖެއަށް ލިބުނުކަން އިއުލާންކުރެއްވީ ދުބާދީގެ "ބްރުޖް އަލް އެރެބް" ހޮޓެލްގައި ވޯލްޑް ޓްރެވެލް އެވޯޑްސްގެ ދުނިޔޭގެ ވަނަތަކަށް އެވޯޑް ދިނުމަށް ރޭ ބޭއްވި ގްރޭންޑް ފައިނަލް ހަފްލާގައެވެ.
20 Nov 2023
ޚަބަރު
ފަތުރުވެރިކަން ކުރިއެރުވުމަށް ޚާއްސަ ކައުންސިލެއް އުފައްދައިފި
ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭ ޚާއްސަ ކައުންސިލެއް ވަޒީރުންގެ މަޖިލީހުގައި އުފައްދަވައިފިއެވެ. މި ކައުންސިލްގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
31 Oct 2023
ޚަބަރު
އިޒްރޭލު މީހުންނަށް މަތިވެރިއަށް ނޭރޭގޮތް ހަދައިދޭން ކައުންސިލުން އެދެފި
މަތިވެރި އަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރާ ރަށެކެވެ. ކައުންސިލުން ފާސްކުރި ގަރާރުގައި ވަނީ އެރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ފަރާތަތަކުން ވެސް އިޒްރޭލަށް ނިސްބަތްވާ މީހުން އެރަށަށް ނުގެންދިއުމަށް އެދިފައެވެ. އަދި, އެރަށަށް އިޒްރޭލުގެ ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ނޭރޭ ގޮތަށް ހަދައިދިނުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ވެސް މަތިވެރި ރައްޔިތުންގެ ނަމުގައި އެރަށު ކައުންސިލުން ވަނީ ގޮވާލައިފައެވެ.
28 Oct 2023
ވިޔަފާރި
އައްޑޫ ސިޓީގައި 150 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ހަވާލުކޮށްފި
އައްޑޫސިޓީގައި 150 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. މި ތަން ތަރައްޤީކުރަނީ ޔޮޓް މެރީނާ އަކާއި ކްރޫޒް ޓާމިނަލަކާއެކުގައެވެ.
22 Oct 2023
ވިޔަފާރި
މި މަސް ނިމުމުގެ ކުރިން 1.5 މިލިއަން ފަތުރުވެރިން ހަމަވާނެކަމަށް އަންދާޒާކޮށްފި
މި މަސް ނިމުމުގެ ކުރިން ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފިއެވެ. އިއްޔެގެ ނިޔަލަށް ރާއްޖެއަށް 1،464،340 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %13.6 އިތުރު އަދަދެކެވެ.
20 Oct 2023
ޚަބަރު
ށ. ނަލަންދޫގައި ރިސޯޓެއް ތަރައްޤީކުރަން އަލުން ބީލަމަށް
ށ. ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފިއެވެ. މިއީ މިރަށް ބީލަމަށް ހުޅުވާލި 2 ވަނަ ފަހަރެވެ.