ޓުއަރިޒަމް
11 Oct 2023
ވިޔަފާރި
މިއަހަރުގެ ސާޓާ އެވޯޑްގައިވެސް ގިނަ އެވޯޑްތަކެއް ރާއްޖެއަށް
މިއަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސާޓާގެ ގިނަ އެވޯޑްތަކެއް ރާއްޖެއަށް ލިބިއްޖެއެވެ. މީގެތެރޭގައި ވަކިވަކި ކުންފުނިތަކާއި ރިސޯޓްތަކުން ހާސިލްކޮށްފައިވާ އެވޯޑާއި ރާއްޖެއަށް ލިބިފައިވާ އެވޯޑްތައް ހިމެނެއެވެ.
08 Oct 2023
ވިޔަފާރި
ސެޕްޓެމްބަރ މަހު ރާއްޖެއަށް 130،967 ފަތުރުވެރިން
ހުސްވި ސެޕްޓެމްބަރ މަހު ރާއްޖެއަށް 130،967 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހާއި އަޅާބަލާއިރު %16.94 އިތުރު އަދަދެކެވެ.
19 Sep 2023
ޚަބަރު
ރިޒޯޓް ކުލި މާފެއް ނުކުރޭ، ބަދަލު ގެނައީ ކުލި ނުދައްކައިގެން އަރާ ޖޫރިމަނާގެ އިންސައްތައަށް
މިކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެއްވެސް ރިސޯޓެއްގެ ކުލި މާފްކޮށްފައި ނުވާކަމަށެވެ. އެހެންނަމަވެސް ދައްކަންޖެހޭ ޖޫރިމަނާއަށް ބަދަލު އައިސްފަވަނީ އާދަޔާ ޚިލާފަށް ބޮޑުކޮށް އޮތް ޖޫރިމަނާ އަދަދުތަކަށް ގެނެސްފައިވާ ބަދަލަކާ ގުޅިގެންކަމަށެވެ.
03 Sep 2023
ޚަބަރު
ފަތުރުވެރިކަމުގެ ޖަމިއްޔާ، ޓީމްގެ ސަޕޯޓްވެސް ރައީސް އިބޫއަށް
އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ޓޫރިޒަމް އެމްޕްލޯއީސް އެސޯސިޝަން އޮފް މޯލްޑިވްސް (ޓީމް) އިން ނިންމައިފި އެވެ. ޓީމުން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ފަސް އަހަރު އެހެން އެއްވެސް ސަރުކާރަކުން އެ ދާއިރާގެ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށް ނުކޮށްދޭ ވަރަށް ކަންކަން ފަހިކޮށްދިން ކަމަށެވެ.
28 Aug 2023
ޚަބަރު
ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުރަކުން ދައްކައިފިއެވެ. މިއީ ފާއިތުވި 2 އަހަރާއި އަޅާބަލާއިރުވެސް ބޮޑު ކުރިއެރުމެކެވެ.
23 Aug 2023
ޚަބަރު
ހުޅުމާލޭ ބީޗުން ފަތުރުވެރިންނަށް ޚާއްޞަ ސަރަހައްދެއް ތަރައްޤީކުރަން ނިންމައިފި
އާބަންކޯ އާއި ޓުއަރިޒަމް މިނިސްޓްރީ އާއި ދެމެދު ވެވުނު މިއެއްބަސްވުމުގައި، އާބަންކޯގެ ފަރާތުން ސޮއެކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު އާތިފް އެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއެކުރެއްވީ، އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ފާތިމަތު ނިލްފާ އެެވެ.
19 Aug 2023
ވިޔަފާރި
ހއ. ފިއްލަދޫއިން ފަތުރުވެރިކަމަށް ދިގު މުއްދަތަކަށް 99 ބިމެއް ދޫކުރަނީ
ހއ. ފިއްލަދޫ "ޓޫރިސްޓް ވިލެޖް" އިން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ދިގުމުއްދަތަކަށް 99 ބިމެއް ދޫކުރަން ހުޅުވާލައިފިއެވެ. ފިއްލަދޫ ކައުންސިލުން ވިދާޅުވީ، މި ބިންތައް ދޫކުރަނީ ފަތުރުވެރިކަމުގެ ވިޔަފާރިން ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާ ލިބިދޭނެ ގޮތަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ތަރައްގީ ކުރުމުގެ ގޮތުންކަމަށެވެ.
14 Aug 2023
ޚަބަރު
ފަތުރުވެރިކަމުގެ ދާއިރާއަށް ސްކޫލްކުދިން ޝައުގުވެރިކުރުވުމަށް ޓޫރިޒަމް މިނިސްޓްރީން ޚާއްސަ ޕްރޮގްރާމެއް
ފަތުރުވެރިކަމުގެ ދާއިރާއަށް ސްކޫލްކުދިން ޝައުގުވެރިކުރުވުމަށް ޓޫރިޒަމް މިނިސްޓްރީން ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ ރާއްޖޭގެ ހުރިހައި އަތޮޅެއްގައި ސާނަވީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި އަދި ބެލެނިވެރިންނަށް އަމާޒުކޮށެވެ.