Advertisement

14 Aug 2023
ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާއަށް ސްކޫލްކުދިން ޝައުގުވެރިކުރުވުމަށް ޓޫރިޒަމް މިނިސްޓްރީން ޚާއްސަ ޕްރޮގްރާމެއް

ފަތުރުވެރިކަމުގެ ދާއިރާއަށް ސްކޫލްކުދިން ޝައުގުވެރިކުރުވުމަށް ޓޫރިޒަމް މިނިސްޓްރީން ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ ރާއްޖޭގެ ހުރިހައި އަތޮޅެއްގައި ސާނަވީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި އަދި ބެލެނިވެރިންނަށް އަމާޒުކޮށެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ދިވެހިން ފަތުރުވެރިކަމުގެ ވެރިންނަށް ހެދުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެއްކަމަށެވެ. މި ޕްރޮގްރާމް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ސްކޫލް ނިންމައިގެން އަންނަ ކުދިންގެ މެދުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުންކަން މިނިސްޓަރ ވިދާޅުވިއެވެ.

“އަޅުގަނޑުމެން ބޭނުންވަނީ މުސްތަޤްބަލުގައި ރާއްޖޭގެ އާބާދީގެ ހުރިހައި މީހުންނަކީވެސް ފަތުރުވެރިކަމަށް ވަރަށް ބޮޑަށް އަހުލުވެރިވެ މިހާރަށްވުރެވެސް ބޮޑަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރަން ބޭނުންވާ ބަޔަކަށް ހެދުން. އެގޮތުން އަޅުގަނޑުމެން މުޅި ރާއްޖެއަށް އަމާޒުކޮށް ތޫރިޒަމް އެވެއަރނެސް ކެންޕެއިނެއް މިފެށުނީ. މި ކެންޕެއިންގައި އަޅުގަނޑުމެން 51 ސްކޫލަކަށް ދާނެ. މީގެ މައިގަނޑު މަޤްސަދަކީ ޚާއްސަކޮށް ޓޫރިޒަމް ކިޔަވާ ކުދިންނަށް ޓޫރިޒަމްއަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް ޓޫރިޒަމްއަށް ހިތްޖައްސައި މިކަމުގެ ތެރެއަށް ސީދާ ވަޒީފާއެއްގެ ގޮތައް ނުވަތަ ވިޔަފާރީގެ ތެރެއަށް ވަނުމަށް ޝައުގުވެރިކަން ބޮޑުކުރުން.” މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މި ޕްރޮގްރާމްތަކުގައި ސްކޫލްކުދިންނާއި، ބެލެނިވެރިންނާއި، ޓީޗަރުންނާއި ސްކޫލްގެ މެނޭޖްމަންޓް އަދި ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ބައިވެރިވާނެކަމަށެވެ. އެގޮތުން މި ސެޝަންތަކުގައި 6450 މީހަކަށް މައުލޫމާތު ދެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ. އޭގެތެރޭގައި 5000 ސްކޫލް ކުދިންނާއި، 147 ޓީޗަރުންނާއި، 1036 ބެލެނިވެރިން ހިމެނޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މި ސެޝަންތަކުގައި މިނިސްޓްރީގެ ޓީމާއިއެކު ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ދަތުރުކުރާނެކަމަށެވެ. އެމީހުން މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާގައި އެމީހުންގެ ކާމިޔާބީގެ ވާހަކަ ކިޔާދޭނެއެވެ. އަދި ބެލެނިވެރިންނަށްވެސް މިއީ ކުރިމަގު އޮތް ދާއިރާއެއްކަން ބުނެދޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ ފުރަތަމަ ސެޝަން މިހާރު ވަނީ ދަރުމަވަންތަ ސްކޫލާއި ޣާޒީ ސްކޫލްގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މި 2 ސްކޫލްގެ 231 ދަރިވަރުންނާއި މުދަރިއްސުން މި ސެޝަންތަކުގައި ބައިވެރިވެފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.