Advertisement

19 Sep 2023
ޚަބަރު

ރިޒޯޓް ކުލި މާފެއް ނުކުރޭ، ބަދަލު ގެނައީ ކުލި ނުދައްކައިގެން އަރާ ޖޫރިމަނާގެ އިންސައްތައަށް

ޓޫރިޒަމް މިނިސްޓްރީއިން ގަވާއިދަށް ގެނެސްފައިވާ ބަދަލަކާއި ގުޅިގެން މީޑީއާ އަދި މީސްމީޑިއާ ތަކުގައި ދައުރުވަމުންދާ "ރިސޯޓުތަކުގެ ކުލި ނުދައްކައިގެން ނަގާ ޖޫރިމަނާ މާފު ކުރުން" ޚަބަރު ބައެއް މީޑިއާ އަދި ފަރާތްތަކުން ގެނެސްދީފައިވަނީ އޮޅުން އަރާ ގޮތަށެވެ. މިގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުالله މައުސޫމް ދައްކަވާފައިވާ ވާހަކައިގައި ކުލީގެ ޖޫރިމަނާއިން ބޮޑު އަދަދެއް މާފުވެގެން ގޮސްފައިވަނީ ރިސޯޓް ކުލީގެ ޖޫރިމަނާ ރީސްޓްރަކްޗަރ ކުރުމުގެ ތެރެއިންކަމަށް ވިދާޅުވެފައިވެއެވެ

މިޚަބަރު އެކިއެކި މީޑިއާތަކުން ގެނެސްދީފައިވާ ގޮތުން އާންމުންގެ ފަރާތްތަކަށް އޮޅުން އަރާފައިވާކަމާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއްކޮށް މާފުވެފައިވާކަން ދޭހަވާ ގޮތަށް މާނަކުރެވިފައިވާކަން ފާހަގަކުރެވެއެވެ. އަދި މިކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެއްވެސް ރިސޯޓެއްގެ ކުލި މާފްކޮށްފައި ނުވާކަމަށެވެ. އެހެންނަމަވެސް ދައްކަންޖެހޭ ޖޫރިމަނާއަށް ބަދަލު އައިސްފަވަނީ އާދަޔާ ޚިލާފަށް ބޮޑުކޮށް އޮތް ޖޫރިމަނާ އަދަދުތަކަށް ގެނެސްފައިވާ ބަދަލަކާ ގުޅިގެންކަމަށެވެ.

މިއުވާން ބުނެފައިވާ ގޮތުގައި މީގެ ކުރީގައި ރިސޯޓު ކުލި ނުދެއްކުމާއި ގުޅިގެން އަރާ ޖޫރިމަނާ ހުރީ އަހަރަކަށް %180 ގެ ރޭޓުގަކަމާއި, މިއީ އިންސާނެއްގެ ބުއްދިއަށް ގަބޫލުކުރެވޭ ވަރަށްވުރެ ވެސް ބޮޑު އަދަދެއް ކަމަށެވެ. މިކަމާއި ގުޅޭ ގޮތުން މިސާލު ދައްކަމުން އޭނާ ބުނެފައިވަނީ ކުރީގެ ރޭޓުގައި (%180) 1 މިލިއަން ރުފިޔާގެ ކުލި ނުދައްކާ ރިސޯޓެއް ނަމަ އެފައިސާ އަނބުރާ ދައްކާ އިރު އެ އަދަދު ދެގުނަވެ އަހަރެއްގެ ތެރޭގައި 1.8 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭނަމަ ކުލީގެ 1 މިލިއަން ރުފިޔާއާ އެކު ޖުމުލަ 2.8 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި ބޭންކުތަކުން ނަގާ އިންޓްރެސްޓް ރޭޓުވެސް ހުންނަނީ އާންމުކޮށް މީގެ 36 ގުނަ އަށް ވުރެވެސް ކުޑަކޮށްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަ ދައްކަމުން މިއުވާން ބުނެފައިވަނީ މި ޖޫރިމަނާ ރޭޓަކީ ރާއްޖެއަށް ޓެކްސް ނިޒާމް ތައާރަފް ކުރުމުގެ މާކުރިން ހަދާފައިވާ ރޭޓެއްކަމާއި ޓެކްސް ނިޒާމާއި އެކު އައި ބަދަލުތަކާއި އެކު ޖޫރިމަނާގެ ރޭޓަށް ގެނެވުނު ބަދަލަކީ ރިއަލިސްޓިކް ބަދަލެއްކަމަށާއި މިއީ ރާއްޖޭގެ ވިޔަފާރި ކުރުމުގެ ފަހިކަން އިތުރުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމުގައެވެ. އަދި މިސަރުކާރުން 2020 ވަނަ އަހަރު ގެނެސްފައިވާ މިބަދަލު ތަންފީޒުކުރަން ފަށާފައިވަނީ ޖޫރިމަނާ %18 އަށް ކުޑަކޮށް ރިއަލިސްޓިކް ރޭޓެއްގައި ކަމަށާއި މިބަދަލާއި އެކު ކުރިން ނުދެއްކި ހުރި ޖޫރިމަނާ ފައިސާ އައު ރޭޓުގައި ދައްކާ ހަލާސްކުރުމަށް ރިސޯޓްތަކަށް ފުރުސަތު ދެވިފައިވާކަން މިއުވާން ފާހަގަކުރެއްވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.