Advertisement

ހުޅުމާލެ އިރުމަތިފަރާތު ގޮނޑުދޮށް ---

23 Aug 2023
ޚަބަރު

ހުޅުމާލޭ ބީޗުން ފަތުރުވެރިންނަށް ޚާއްޞަ ސަރަހައްދެއް ތަރައްޤީކުރަން ނިންމައިފި

ހުޅުމާލެ ގޮނޑުދޮށުން ފަތުރުވެރިންނަށް ޚާއްޞަ ސަރަހައްދެއް ކަނޑައަޅައި އެތަން ތަރައްޤީކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއެކޮށްފިއެވެ.

އާބަންކޯ އާއި ޓުއަރިޒަމް މިނިސްޓްރީ އާއި ދެމެދު ވެވުނު މިއެއްބަސްވުމުގައި، އާބަންކޯގެ ފަރާތުން ސޮއެކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު އާތިފް އެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއެކުރެއްވީ، އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ފާތިމަތު ނިލްފާ އެެވެ.

އާބަންކޯއިން ހާމަކޮށްފައިވާ ގޮތުގައި މިއެއްބަސްވުމުގެ ދަށުން، ހުޅުމާލޭގެ އިރުމަތި ފަރާތު ގޮނޑުދޮށުން ބައެއްގައި ފަތުރުވެރިންނަށް ޚާއްސަ ޕްރައިވެޓް ބީޗެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ތަރައްޤީކުރުމަށް ކަނޑައަޅާފައި ވަނީ، މަސައްކަތް ހުއްޓިފައި އޮތް، ވޯޓާ ތީމްޕާކާއި ދިމާއިން އިރުމަތިފަރާތު ބީޗެވެ. އެސަރަހައްދަކީ މިހާރުވެސް އާއްމުކޮށް މީހުން ގޮސް އުޅޭ ސަރަހައްދެއް ނޫނެވެ.

ހުޅުމާލެ ފޭސް 1 އާއި ފޭސް 2ގެ އިރުމަތި ފަރާތު ބީޗަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ހިތްހަމަ ޖެހުމަށް ބޭނުންކުރާ ބީޗެކެވެ. 

ފަތުރުވެރިންނަށް ޚާއްސަ ބީޗެއް ހުޅުމާލޭގައި ތަރައްޤީކުރެވިގެން ދިޔުމަކީ އެކަމުގެ ސަބަބުން ހުޅުމާލޭގައި ފުޅާވަމުން އަންނަ ގެސްޓްހައުސްގެ ވިޔަފާރިއަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެ ކަމެއް ކަމުގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.