Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

31 Oct 2023
ޚަބަރު

އިޒްރޭލު މީހުންނަށް މަތިވެރިއަށް ނޭރޭގޮތް ހަދައިދޭން ކައުންސިލުން އެދެފި

އިޒްރޭލު މީހުންނާއި އެ ޤައުމުގެ ޕާސްޕޯޓު އޮންނަ އެއްވެސް މީހަކު އެ ރަށަށް ނޭރޭ ގޮތް ހަދައިދިނުމަށް މަތިވެރި ކައުންސިލުން ކަމާ ބެހޭ އިދާރާތަކަށް ގޮވާލައިފިއެވެ.

މަތިވެރި ކައުންސިލުން އިއްޔެ ފާސްކުރި ގަރާރުގައި ބުނެފައި ވަނީ މުސްލިމުންގެ ފުރަތަމަ ގިބުލަ ކަމުގައިވާ މަސްޖިދުލް އަގުސާ އެ ބިމަކަށް ނިސްބަތްވާ ފަލަސްތީނުގެ ބިން ފޭރިގަނެ އެތަނުގައި ދިރުއުޅޭ މުސްލިމުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ބޮޑެތި ޖަރީމާތަކަކީ ފަލަސްތީނު އިސްތިއުމާރުކޮށް އެތަނުން މުސްލިމުންގެ ނަސްލު ނައްތާލުމަށް ހިންގަމުންގެންދާ ހުރުމަތާ ހިލާފު ކަންތައްތަކެއް ކަމަށެެވެ. އެހެންކަމުން މުސްލިމުންގެ މުގައްދަސް ބިމަކަށް އަރައިގަނެ މުސްލިމު އަޚުންނާއި އުޚުތުންތަކަކަށް މިފަދަ ލާއިންސާނީ އަނިޔާތަކެއް ދެމުންދާ ޔަހޫދީ އިސްތިރުމާރީންނަށް މިރަށުގެ ވެށިން އަމާންކަމާއި ހިޔާވަހިކަން ދޭކަށް އެއްވެސް ރައްޔިތަކުން ނޭދޭކަމަށެވެ. 

އިޒްރޭލުގެ މީހުން މަތިވެރިއަށް ގޮސް އުޅުމަކީ އެރަށުގެ އަމާންކަމާއި ސަލާމަތަށް ވެސް އޮތް ނުރައްކަލެއް ކަމަށް ގަބޫލު ކުރާ ކަމަށް ވެސް ކައުންސިލް މެންބަރުންގެ އިއްތިފާގުން ފާސްކުރި ގަރާގައި ބުނެފައިވެއެވެ.

"މިހެންކަމުން ފަލަސްތީނުގެ ބިން ފޭރިގަނެގެން އުފައްދާފައިވާ ޔަހޫދީ ދައުލަތެއް ކަމަށް ދައުވާ ކުރާ "އިސްރާއީލް" ގެ ޕާސްޕޯޓު އޮތް އެއްވެސް މީހަކު މިރަށަށް އެރުވުމަށް މި ކައުންސިލުން ނުރުހެމެވެ،" ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

މަތިވެރި އަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރާ ރަށެކެވެ. ކައުންސިލުން ފާސްކުރި ގަރާރުގައި ވަނީ އެރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ފަރާތަތަކުން ވެސް އިޒްރޭލަށް ނިސްބަތްވާ މީހުން އެރަށަށް ނުގެންދިއުމަށް އެދިފައެވެ. އަދި, އެރަށަށް އިޒްރޭލުގެ ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ނޭރޭ ގޮތަށް ހަދައިދިނުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ވެސް މަތިވެރި ރައްޔިތުންގެ ނަމުގައި އެރަށު ކައުންސިލުން ވަނީ ގޮވާލައިފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.