Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

08 Oct 2023
ވިޔަފާރި

ސެޕްޓެމްބަރ މަހު ރާއްޖެއަށް 130،967 ފަތުރުވެރިން

ހުސްވި ސެޕްޓެމްބަރ މަހު ރާއްޖެއަށް 130،967 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހާއި އަޅާބަލާއިރު %16.94 އިތުރު އަދަދެކެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރ މަހާއި ހަމައަށް ރާއްޖެއަށް 1،361،048 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ސެޕްޓެމްބަރ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 4366 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި އެންމެ ގިނައިން ފަތުރުވެރިން އައި ދުވަހު ރާއްޖެއަށް 5727 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި އެންމެ މަދުން ފަތުރުވެރިން އައި ދުވަހުވެސް 3585 ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ސެޕްޓެމްބަރ މަހު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ ޤައުމުތައް:

ޗައިނާ - 25،065 ފަތުރުވެރިން

އިންޑިއާ - 14،092 ފަތުރުވެރިން

ރަޝިއާ - 12،375 ފަތުރުވެރިން

ޖަރުމަނުވިލާތް - 9،820 ފަތުރުވެރިން

އިނގިރޭސިވިލާތް - 7،936 ފަތުރުވެރިން

ވަކިވަކި މަސްމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު:

ޖަނަވަރީ - 172،499 ފަތުރުވެރިން

ފެބްރުއަރީ - 177،915 ފަތުރުވެރިން

މާރޗް - 173،514 ފަތުރުވެރިން

އޭޕްރީލް - 164،357 ފަތުރުވެރިން

މެއި - 120،959 ފަތުރުވެރިން

ޖޫން - 120،363 ފަތުރުވެރިން

ޖުލައި - 145,620 ފަތުރުވެރިން

އޮގަސްޓް – 154،854 ފަތުރުވެރިން

ސެޕްޓެމްބަރ – 130،967 ފަތުރުވެރިން

މިއަހަރަށް ސަރުކާރުން އަމާޒު ކަނޑައަޅާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ. މިދިޔަ އަހަރު ސަރުކާރުން ކަނޑައެޅި 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު އަހަރު ނިމުމުގެ 10 ދުވަސް ކުރިން ވަނީ ހާސިލްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.