ރާއްޖޭގެ އިޤްތިސާދު މި އަހަރު %6.5 ގައި ކުރިއަރާނެ: ވޯލްޑް ބޭންކް
ރާއްޖޭގެ އިޤްތިޞާދު މިއަހަރު %6.5 ގައި ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ. އެ ބޭންކުން މިގޮތައް ހާމަކޮށްފައިވަނީ ވޯލްޑް ބޭންކުގެ ސައުތު އޭޝިއާއިން ނެރުނު، 'ބެޓެން ޑައުން ދަ ހެޗަސް' މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް ރިޕޯޓުގައެވެ.