Advertisement

25 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ބިދޭސީ މަސައްކަތްތެރިނާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ 636 މިލިއަނަށް ވުރެން ގިނަ ފައިސާ ނުލިބޭ

ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ މަސައްކަތްތެރިންނާއި ގުޅޭ އެކިއެކި ފީ ތަކާއި ޖޫރިމަނާތަކަށް ޖުމްލަ 636 މިލިއަނަށް ވުރެން ގިނަ ރުފިޔާ ދައުލަތަށް ލިބެން ޖެހޭ ކަމަށް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން މިއަދު ހާމަކޮށްފިއެވެ.

އެ ވުޒާރާއިން ހާމަކުރި ހިސާބުތައް ބުނާގޮތުން، މިހާތަނަށް ނުލިބި ހުރި ފައިސާގެ ސީދާ އަދަދަކީ 636،534،736ރ. (ހަސަތޭކަ ތިރީސް ހަ މިލިއަން ފަސްސަތޭކަ ތިރީސް ހަތަރު ހާސް ހަތް ސަތޭކަ ތިރީސް ހަ ރުފިޔާ) އެވެ.

މީގެ ތެރޭގައި ހިމެނެނީ ވާރކް ޕާމިޓް ފީގެ ގޮތުގައި ހިމެނޭ 573،840،450ރ. އާއި ކޯޓާ ފީގެ ގޮތުގައި ހިމެނޭ 96،550،286ރ. އާއި ކެންސަލޭޝަން ޖޫރިމަނާގެ ގޮތުގައި ހިމެނޭ 2،144،000ރ. އެވެ.

މި ފައިސާއަކީ ބިދޭސީންގެ އެމްޕްލޯޔަރުން ނުވަތަ އެ ފަރާތްތަކަށް ވަޒީފާ ދިން ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާއެވެ. އެގޮތުން ވާރކް ޕާމިޓް ފީގެ ގޮތުގައި ކޮންމެ ބިދޭސީ މަސައްކަތްތެރިއަކަށް މަހަކަށް 350ރ. ދައްކަން ޖެހެއެވެ. އަދި ކޯޓާ ފީގެ ގޮތުގައި އަހަރަކު ކޮންމެ ބިދޭސީއަކަށް އަހަރަކަށް 2،000ރ. ދައްކަން ޖެހެއެވެ.

ގަވާއިދާއި ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން، ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން ދައުލަތަށް ކޮންމެ މަހަކު ދައްކަންޖެހޭ ވާރކް ޕާމިޓް ފީ، ކޯޓާ ފީ އަދި ޖޫރިމަނާގެ އަދަދު 100،000ރ. (އެއް ލައްކަ ރުފިޔާ) އަށް ވުރެން އިތުރުވާ ފަރާތްތަކުގެ ނަންތައް ވެސް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ވަނީ ބުދަ ދުވަހު ހާމަކޮށްފައެވެ. މިނިސްޓްރީ ހާމަ ކުރި ލިސްޓުގައި  ކުންފުނިތަކާއި އަމިއްލަ ފަރުދުން ހިމެނޭހެން 1026 ފަރާތެއްގެ ނަން ހިމެނެއެވެ.

މިނިސްޓްރީއިން ކުރި އިއުލާނުގައި، އެ ފައިސާ އޯގަސްޓް 12، 2024 ގެ ކުރިން ދައުލަތަށް ދެއްކުމަށް އަންގާފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މި ފައިސާ ދައްކާ ޚަލާސްނުކޮށްފިނަމަ، އެފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އައު ހުއްދަ ދިނުން ހުއްޓާލެވޭނެކަންވެސް އަންގާފައިވެއެވެ.

ކޮމެންޓް
ހިޔަލަ
އައިބިޒް އަކީ ވެސް ޕީކަޅާ ކުންފުންޏެއް
25 Jul 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.