މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ
05 Jan 2024
ޚަބަރު
މަޖިލިސް އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ޑިކޮމްރެޓްސް އިން ހުޅުވާލައިފި
މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
29 Dec 2023
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަޤާމު ދަ ޑިމޮކްރެޓްސްއަށް ގެއްލިއްޖެ
ދަ ޑިމޮކްރެޓްސް ރަޖިސްޓްރީވެ އަދި މެމްބަރުން ޕާޓީއަށް ސޮއެކުރެއްވުމާއި އެކު، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީޕާޓީގެ މަޤާމު ދަ ޑިމޮކްރެޓްސްއަށް ލިބި، މައިނޯރިޓީ ލީޑަރުގެ މަޤާމު ލިބިވަޑައިގަތީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށާއި، އެމްޑީޕީއަށް އެންމެބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމަށެވެ.
04 Dec 2023
ޚަބަރު
ޑިމޮކްރެޓްސްއިން ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާގައި އަރާފައިވާ އޮޅުންތަކަށް މަޢާފަށް އެދިއްޖެ
ދަ ޑިމޮކްރެކްޓްސްގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްދެއްވީ، މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމެވެ. ޢަލީ އާޒިމް އެކްސްގައި ކުރައްވި ޕޯސްޓެއްގައި ވިދާޅުވީ، ރޭގައި ވަގުތީ ނަތީޖާ އިއުލާން ކުރިއިރު ދެންނެވިން 4 ރަށެއްގެ ފޮށީގެ ނަތީޖާ ނުލިބޭ ވާހަކަ ދެންނެވި ކަމަށާއި، ވަގުތީ ނަތީޖާގައި މިހާރު އެ ހަތަރު ފޮށީގެ ވޯޓު ހިމަނާފައިވާ ކަމަށެވެ. އަދި ރޭގައި ބާތިލް ވޯޓުގެ އަދަދު 50 ކަމަށް ދެންނެވުނީ އޮޅުމަކުން ކަމަށާއި، ރަނގަޅު ގޮތަކީ ބާތިލް 25 ވޯޓްކަމަށާއި އެކަމަށް ވަރަށް ބޮޑަށް މަޢާފަށް އެދޭ ކަމުގައި އާޒިމް ވިދާޅުވިއެވެ.
04 Dec 2023
ޚަބަރު
ވޯޓުލުން ނިމުނުތާ 28 ގަޑިއިރު ފަހުން ވަގުތީ ނަތީޖާ އިއުލާނުކޮށް ހަސަންލަތީފް ރައީސްކަމަށް ހޮވުނުކަން އިއުލާނުކޮށްފި
ވަގުތީ ނަތީޖާ އިއުލާނުކޮށްފައި ވަނީ، މިރޭގެ 8:00 އިރުުގައި ދަ ޑިމޮކްރެޓްސްގެ ހަރު ގޭގައެވެ. ވަގުތީ ނަތީޖާ އިޢުލާނުކޮށްދެއްވީ ޢަލީ އާޒިމެވެ. އޭނާ ވިދާޅުވީ، މި އިންތިޚާބުގައި ވޯޓުލާފައި ވަނީ، 3029 މެމްބަރުން ކަމަށެވެ. އަދި ހަސަން ލަޠީފަށް ލިބިވަޑައިގަތީ 1704 ވޯޓުކަމަށާއި، އޭނާ އާ ވާދަކުރެއްވި ޙުސައިން އަމުރަށް ލިބިވަޑައިގަތީ، 1300 ވޯޓު ކަމަށެވެ. އަދި 50 ވޯޓު ބާޠިލްވި ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.