Advertisement

ބިދޭސީ މަސައްކަތްތެރިއެއް، ފޮޓޯ: މިހާރު

25 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ވާރކް ޕާމިޓް ފީ ބޮޑު އަދަދަކުން ނުދައްކާ އޮތް ކުންފުނިތަކާއި ފަރުދުންގެ ނަންތައް އާންމު ކޮށްފި

ބިދޭސީ މަސައްކަތްތެރިންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ކޮންމެ މަހަކު ދައްކަންޖެހޭ ވާރކް ޕާމިޓް ފީ، ކޯޓާ ފީ އަދި ޖޫރިމަނާގެ އަދަދު 100،000ރ. (އެއް ލައްކަ ރުފިޔާ) އަށް ވުރެން އިތުރުވާ ފަރާތްތަކުގެ ނަންތައް ހާމަކުރާނެކަމަށް އަންގާރަ ދުވަހު އިއުލާން ކުރުމަށްފަހު، އެފަދަ ކުންފުނިތަކާއި ފަރުދުންގެ މައުލޫމާތުތައް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން އިއުލާންކޮށްފިއެވެ.

އެ ވުޒާރާއިން ގެޒެޓުކުރި ލިސްޓުގައި ކުންފުނިތަކާއި އަމިއްލަ ފަރުދުން ހިމެނޭހެން 1026 ފަރާތެއްގެ ނަން ހިމެނެއެވެ. އެގޮތުން ދައުލަތަށް އެންމެ ބޮޑު އަދަދަކުން ވާރކް ޕާމިޓް ފީ، ކޯޓާ ފީ އަދި ޖޫރިމަނާގެ ފައިސާ ނުދައްކާ އޮތީ ފުޓްސަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެކެވެ. އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދު އުޅެނީ 26 މިލިއަނަށް ވުރެން މަތީގައެވެ.

މި ލިސްޓުގައި 10 މިލިއަނަށް ވުރެން ބޮޑު އަދަދަކުން ދައުލަތައް ފައިސާ ދައްކަންޖެހޭ 6 ކުންފުންޏެއް ހިމެނެއެވެ. އަދި މިލިއަނަކަށް ވުރެން ގިނައިން ފައިސާ ދައްކަންޖެހޭ ޖުމްލަ 123 ފަރާތެއް ހިމެނެއެވެ. އެއީ ކުންފުނިތަކާ އަމިއްލަ ފަރުދުން ހިމެނޭ ހެންނެވެ.

މިނިސްޓްރީއިން ކުރި އިއުލާނުގައި، އެ ފައިސާ އޯގަސްޓް 12، 2024 ގެ ކުރިން ދައުލަތަށް ދެއްކުމަށް އަންގާފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މި ފައިސާ ދައްކާ ޚަލާސްނުކޮށްފިނަމަ، އެފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އައު ހުއްދަ ދިނުން ހުއްޓާލެވޭނެކަންވެސް އަންގާފައިވެއެވެ.

ބިދޭސީންގެ މައްސަލަތައް ހައްލުކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރުން ހުއްޓުވައި ވިޔަފާރި ހިންގާ ބިދޭސީން ޑިޕޯޓްކުރުން ހިމެނެއެވެ.

ބިދޭސީންނަށް މުސާރަ ނުދޭ ނަމަ ބައި ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރާ ގޮތަށް ގާނޫނަށް އިސްލާހެއް ވެސް ވަނީ ހުށަހަޅައިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.