ބިދޭސީ މަސައްކަތްތެރިން
ބިދޭސީ މަސައްކަތްތެރިން
25 Jul 2024
ޚަބަރު
ވާރކް ޕާމިޓް ފީ ބޮޑު އަދަދަކުން ނުދައްކާ ފަރާތްތައް އާންމު ކޮށްފި
ބިދޭސީ މަސައްކަތްތެރިންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ކޮންމެ މަހަކު ދައްކަންޖެހޭ ވާރކް ޕާމިޓް ފީ، ކޯޓާ ފީ އަދި ޖޫރިމަނާގެ އަދަދު 100،000ރ. (އެއް ލައްކަ ރުފިޔާ) އަށް ވުރެން އިތުރުވާ ފަރާތްތަކުގެ ނަންތައް ހާމަކުރާނެކަމަށް އަންގާރަ ދުވަހު އިއުލާން ކުރުމަށްފަހު، އެފަދަ ކުންފުނިތަކާއި ފަރުދުންގެ މައުލޫމާތުތައް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން އިއުލާންކޮށްފިއެވެ.
22 Jul 2024
ޚަބަރު
ބިދޭސީންނާމެދު އިހުމާލުވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށް އެ ފަރާތްތައް ޖޫރިމަނާކުރަން ނިންމައިފި
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ތަންފީޒީ ނިޒާމު ހަރުދަނާކުރުމަށް، ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު ވަޒީފާދޭ ފަރާތުން އެ ފަރާތްތަކާމެދު އިހުމާލުވާނަމަ އެ ފަރާތްތަކުގެ ލިސްޓް އެކުލަވައިލައި އާންމުކުރުމާއި އަދި މިގޮތަށް ވަޒީފާދޭ ފަރާތުން އިހުމާލުވާ ފަރާތްތައް ޖޫރިމަނާކުރުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
20 Jul 2024
ޚަބަރު
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ފަށާފައިވާ "ކުރަނގި" އޮޕަރޭޝަން މުޅި ރާއްޖެއަށް ފުޅާކޮށްފި
ރާއްޖެއަށް ކުރިމަތިފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ނިމިދިޔަ ސަރުކާރު ފަދައިން މި ސަރުކާރުން ވެސް ވެފައިވާ ބޮޑު ވައުދެކެވެ. އެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ފަށާފައިވާ "ކުރަނގި" އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި ވަނީ ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާހު ކޮށްދެއްވާފައެވެ.
17 Jul 2024
ޚަބަރު
އިމިގްރޭޝަނާ ގުޅުންހުރި މައުލޫމާތު ރިޕޯޓު ކުރުމަށް ޕޯޓަލްއެއް ލޯންޗު ކޮށްފި
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތާއި އަދި އިމިގްރޭޝަނާ ގުޅުންހުރި ކަންތައްތަކާއި މައުލޫމާތު ރިޕޯޓު ކުރުމަށް، މޯލްޑިވްސް އިމިގްރޭޝަނުން "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި ޕޯޓަލްއެއް އިފްތިތާހު ކޮށްފިއެވެ. މި ޕޯޓަލް އިފްތިތާހު ކޮށްފައި ވަނީ މިއަދު އެ އިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.
17 Jul 2024
ޚަބަރު
އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި ހިފަހައްޓާ ބިދޭސީން ރެގިއުލަރައިޒެއް ނުކުރެވޭނެ: ކޮންޓްރޯލާރ
ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދާ، އެފަދަ ފަރާތްތައް ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ކުރިޔަށްދާ މި ދަނޑިވަޅުގައި ވެސް، ގަވާއިދާއި ޚިލާފަށް އުޅެމުން އަންނަ ބިދޭސީން ގަވާއިދާއި އެއްގޮތަށް ބަދަލުކުރެވޭނެ ކަމަށާއި، ނަމަވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އެ ދޮރު ބަންދުވެގެން ދާނެކަމަށް، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން ވަޙީދު ވިދާޅުވެއްޖެއެވެ.
17 Jul 2024
ރިޕޯޓް
ބިދޭސީންގެ އެކަމޮޑޭޝަން ޕްލޭނާއެކު ރާއްޖެއިން ބޭރުވާ ޑޮލަރު އެތައް ގުނައަކުން އިތުރުވާނެ
ބިދޭސީ މަސައްކަތްތެރިން ރާއްޖޭގައި މަސައްކަތް ކުރާ މުއްދަތުގައި އެމީހުން ބެއިތިއްބުމަށް ހާއްސަ އެކަމޮޑޭޝަން ބްލޮކްތަކެއް އެޅުމަށް މެލޭޝިއާގެ އަޓިލްޒޭ ކުންފުންނިން ހުށަހެޅި ހުށައެޅުމަކީ ކުރިޔަށް ދިއުން ރަގަޅު ހުށަހެޅުމެއްކަމަށް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައެވެ. އެހެންކަމުން މިހާރު އެ ކުންފުންޏާއެކު ފަހުގެ މަޝްވަރާތައް ފަށާފައިކަމަށް މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އޮނަރަބަލް ޢަލީ އިޙްސާން ވަނީ މިދިޔަ އާދިއްތަ ދުވަހު އޮތް ހޯމް ސެކްޓަރ ޕްރެސް ބްރީފިން ގައި ވިދާޅުވެފައެވެ. ނަމަވެސް މިއީ ރާއްޖޭގެ އިޤްތިޞާދުގައި ދައުރުވާން ހުރި އެމެރިކާ ޑޮލަރު އެތައް ގުނައަކުން އިތުރު ވެގެން ދާނެ ނިންމުމެކެވެ.
14 Jul 2024
ޚަބަރު
ބިދޭސީންގެ އެކޮމޮޑޭޝަންތަކެއް އެޅުމަށް ސަރުކާރަށް ލިބުނު ޕްރޮޕޯސަލްއަށް ރުހުންދީފި
ބިދޭސީ މަސައްކަތްތެރިން، ހާއްސަކޮށް "އަންސްކިލްޑް" ބިދޭސީ މަސައްކަތްތެރިން ރާއްޖޭގައި މަސައްކަތް ކުރާ މުއްދަތުގައި އެމީހުން ބެއިތިއްބުމަށް ހާއްސަ އެކަމޮޑޭޝަން ބްލޮކްތަކެއް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކުން ހުށަހެޅި ހުށައެޅުމަކީ، ކުރިޔަށް ދިއުން ރަގަޅު ހުށަހެޅުމެއްކަމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާކަމަށް، މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އޮނަރަބަލް ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، މިއަދު ކުރިޔަށްދިޔަ ހޯމް ސެކްޓަރ ޕްރެސް ބްރީފިންގައެވެ.
14 Mar 2024
ޚަބަރު
ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކަމުން ދިޔަ ބަޔަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
ކަޅު ބާޒާރުގައި ބޭރު ފައިސާގެ މުއާމަލާތް ހިންގާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާފައިވާ މި އޮޕަރޭޝަންގައި ބަލާފާސްކޮށްފައިވަނީ، އެ އިދާރާގެ އޮފީސްތަކެއް ހިންގަމުން އަންނަ މ. ސްޓަރކްލައުޑްސް އިމާރާތުގެ ކައިރިއެވެ. މި އިމާރާތުގެ ތިރީގައި ހުންނަ ބޭންކު އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްތަކުގެ ކައިރީގައި އަބަދުވެސް ބިދޭސީން ތިބެއެވެ.